ރިޔާސީ އިންތިޚާބަށް ވިއްކާނެ އެއްޗެއް މި ސަރުކާރުގައި ނެތް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ، ރައީސްގެ ރިޔާސީ ދައުރުގެ ބާކީ އޮތް އަހަރެއްހާ ދުވަހު ދެން އޮންނާނީ ތަންތަން ހުޅުވުން ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައާއި ގުޅިގެންނެެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވަނީ ސަރުކާރުން ގަސްތުގައި މަސައްކަތް ދިގުދަންމައިގެން ރިޔާސީ އިންތިޚާބަށް ރިބަން ކަނޑަން ލަސްކުރީތޯ ސުވާލު ކުރަށްވާފައެވެ.
"މީދޫ ފުޓުބޯޅަ ދަނޑު ރިޔާސީ އިންތިޚާބަށް ހުޅުވުން ފަސްކުރުމުން ޒުވާނުންނަށް އޮތީ ކޮން ފައިދާ އެއް، ރިޔާސީ އިންތިޚާބަށް ވިއްކާނެ އެއްޗެއް މި ސަރުކާރަކު ނެތް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މ. ވޭވަށު ބަނދަރު ނިންމައި ރަސްމީކޮށް ކައުންސިލާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބަނދަރުގެ މަސައްކަތް ދިޔައީ ސަރުކާރުން ބޭނުންވާ ހަލުވި މިނުގައި ނޫން ކަމަށެވެ. އެކަމަކު މި ސަރުކާރަކީ ދަތިތަކާއި އެކުވެސް ރައީސް ބޭނުންފުޅުވާ ސްޕީޑުގައި މަޝްރޫއުތައް ކުރިޔަށް ގެންދަން މަސައްކަތް ކުރާ އަދި ކޮށްފައިވާ ސަރުކާރެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަލުވިކަން ކުރިޔަށް މިއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އެގޮތުން ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއްގައިވެސް އޮތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ ކޮންމެސް މަޝްރޫއެއް ނިންމައި ބޭނުން ކުރަން ފެށުން ނުވަތަ ނިންމާލުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުންވީ ވަޢުދުތައް ފުއްދަމުން ގެންދާ ކަމަށާއި، ސަރުކާރުން ވަޢުދުތައް ވެފަައިވަނީ އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން ކަމަށެެވެ. އަދި ސަރުކާރު އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށް ދާން ތައްޔާރަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

Sarukaarun gasthugai masakkaiy dhigudhammaigen riyaasee inthikhaabah ribbon kandan laskureetha? Meedhoo Football dhandu riyaasee inthikhaabugai hulhuvan faskurumun zuvaanunnah othee kon faidhaaeh? Riyaasee inthikhaabah vikkaane echeheh misarukaaraku neiy.https://t.co/W2WJEgUIrC
— Adam Shareef Umar (@Adamshareefz) August 28, 2022
"މީދޫ ފުޓުބޯޅަ ދަނޑު ރިޔާސީ އިންތިޚާބަށް ހުޅުވުން ފަސްކުރުމުން ޒުވާނުންނަށް އޮތީ ކޮން ފައިދާ އެއް، ރިޔާސީ އިންތިޚާބަށް ވިއްކާނެ އެއްޗެއް މި ސަރުކާރަކު ނެތް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މ. ވޭވަށު ބަނދަރު ނިންމައި ރަސްމީކޮށް ކައުންސިލާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބަނދަރުގެ މަސައްކަތް ދިޔައީ ސަރުކާރުން ބޭނުންވާ ހަލުވި މިނުގައި ނޫން ކަމަށެވެ. އެކަމަކު މި ސަރުކާރަކީ ދަތިތަކާއި އެކުވެސް ރައީސް ބޭނުންފުޅުވާ ސްޕީޑުގައި މަޝްރޫއުތައް ކުރިޔަށް ގެންދަން މަސައްކަތް ކުރާ އަދި ކޮށްފައިވާ ސަރުކާރެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަލުވިކަން ކުރިޔަށް މިއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އެގޮތުން ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއްގައިވެސް އޮތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ ކޮންމެސް މަޝްރޫއެއް ނިންމައި ބޭނުން ކުރަން ފެށުން ނުވަތަ ނިންމާލުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުންވީ ވަޢުދުތައް ފުއްދަމުން ގެންދާ ކަމަށާއި، ސަރުކާރުން ވަޢުދުތައް ވެފަައިވަނީ އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން ކަމަށެެވެ. އަދި ސަރުކާރު އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށް ދާން ތައްޔާރަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު