ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގައި ޔޫކްރޭންގެ ޒަޕޯރިޒްޒިއާ ނިއުކްލިއާ ޕަވަރޕްލާންޓުގެ ވަށައިގެންވާ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުވާން ފެށުމުން ޔޫކްރެއިން އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ޔޫކްރޭނުގެ ކަމާބެހޭ މާހިރުން ވަނީ ނިއުކްލިއަރ ޕްވަރޕްލާންޓާ ކައިރިން ދެމުންދާ ހަމަލާތަކާއެކު ނިއުކްލިއާ ޕަވަރޕްލާންޓުން ރޭޑިއޭޝަން ލީކުވެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިފައިވާކަން ހާމަކޮށްފައެވެ.

ކްރޫއިންގެ ގޮތުގައި ޔޫކްރޭންގެ މީހުން ހަރަކާތްތެރިވާ ޒަޕޮރިޒްޒިއާ ނިއުކްލިއާ ޕްވަރޕްލާންޓްގެ ކޮންޓްރޯލް އޮތީ ރަޝިޔާގެ އަސްކަރިއްޔާގެ އަތުގައެވެ.

މީގެއިތުރުން، ރަޝިޔާގެ ސިފައިން ޒަޕޮރިޒްޒިއާއަށް ދޭ ހަމަލާތަކުން އެ ނިއުކްލިއަރ ޕަވަރޕްލާންޓްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ޔުކްރޭނުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ރަޝިޔާ އަދި ޔޫކްރޭން، ދެގައުމުންވެސް ދަނީ ނިއުކްލިއާ ޕްލާންޓަށް އަމާޒުކޮށްގެން ހަމަލާ ދޭކަމަށް ބުނެ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކުރަމުންނެވެ.

މިހަމަލާތަކާއެކު ޒަޕޮރިޒްޒިއާ ނިއުކްލިއާ ޕްވަރޕްލާންޓުން ރޭޑިއޭޝަން ލީކުވެ ކާރިސާއެއް ދިމާވެދާނެކަމަށް، މީގެ ކުރިން އދ.އިންވެސް ވަނީ އެ ފެސިލިޓީގެ ނާޒުކުކަމަށް ބަލައި ނިއުކްލިއާ ޕްލާންޓު ހިމެނޭ ސަރަހައްދުން ސިފައިން ބޭލުމަށް ރަޝިޔާގައި އެދިފައެވެ. ނަމަވެސް ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލެބާ ވަނީ ރަޝިޔާގެ ފަރާތުން ސްޓޭންޑަށް ބަދަލެއް ގެނައުމަށް އިންކާރު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން