1.1 ބިލިއަން ޑޮލަރަށްވުރެ ދަރަނިބޮޑުވެ، ސްރީލަންކާ އެއަރލައިންސްގެ ބޮޑު ހިއްސާއެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ނިންމާފައިވާކަން ލަންކާ ސަރުކާރުން ހާމަކޮށްފިއެވެ.



ލަންކާ ސަރުކާރުން ހާމަކޮށްފައިވާގޮތުން، ސްރީލަންކަން އެއާލައިންސްގެ ކޭޓަރިން އެންޑް ގްރައުންޑް ހެންޑްލިންގުން 49 އިންސައްތަ ހިއްސާ ވިއްކުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުން އިއުލާން ކުރައްވަމުން މިނިސްޓަރ އޮފް އޭވިއޭޝަން ނިމާލް ސިރިޕަލާ ޑި ސިލްވާ ވިދާޅުވީ ހިއްސާ ވިއްކި ނަމަވެސް ލަންކާގެ ޤައުމީ އެއަރލައިންސުގެ 51 އިންސައްތަ މެޖޯރިޓީ ހިއްސާ އޮންނާނީ ސަރުކާރުގެ ބާރުގެ ދަށުގައެވެ.

އެގޮތުން ލަންކާ ސަރުކާރުން މިހާރުވަނީ ޤައުމީ އެއަރލައިންސްގެ ހިއްސާ ގަނެ އިންވެސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ވެސް ހުޅުވާލާފައެވެ. އަދި ބައެއް އިންވެސްޓަރުން ހިއްސާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށްވެސް މިނިސްޓަރ އޮފް އޭވިއޭޝަން ނިމާލް ސިރިޕަލާ ޑި ސިލްވާ ވަނީ ހާމަކުރައްވާފައެވެ.

އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ޑި ސިލްވާ ހާމަކުރައްވާފައިވާ ގޮތުގައި ސްރީލަންކަން އެއާލައިންސްގެ ޖުމްލަ ދަރަނިވަނީ 1.126 ބިލިއަން ޑޮލަރަށް އަރާފައެވެ.

ލަންކާގެ ޤައުމީ އެއަރލައިންސް ވިއްކާލަން ނިންމާފައިވާއިރު، މާލީ ހާލަތު ދައްވެ، ދަރަނި ބޮޑުވެފައިވާ ސްރީލަންކާއިން މީގެ ކުރިންވަނީ ލަންކާގެ ވައިގެ ބަނދަރެެއްވެސް ވިއްކާލާފައެވެ. އެބަނދަރު ވިއްކާލާފައިވަނީ، އެބަނދަރު ތަރައްގީކުރުމަށް ޗައިނާއިން ނެގި ލޯނެއް ނުދެއްކިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން