ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ފެމިލީ ކޯޓުގެ ޤާޟީންނަށް އެ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަޤާމަކީ ފެމިލީ ކޯޓަށް ޢައްޔަންކުރެވިފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. ފެމިލީ ކޯޓުގައި މިހާރު ތިއްބަވަނީ ހަތް ޤާޟީންނެވެ.

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، އެ މަޤާމުގައި ހުންނެވި ހުޒައިފާ މުޙައްމަދު މިދިޔަ ޖޫންމަހުގެ 27 ގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މި މަޤާމުގެ އަސާސީ މުސާރަ އަކީ، މަހަކު 31،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،375 ރުފިޔާ ލިބޭނެއެވެ. އަދި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބޭނެއެވެ.

އިސް ޤާޟީ ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން