މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަދި އަނބިކަނބަލުން ރޮސްމާހް މަންސޫރު.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަދި އަނބިކަނބަލުން ރޮސްމާހް މަންސޫރު.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ރޮސްމާހް މަންސޫރު، މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ރިޝްވަތު ނެގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ރޮސްމާހުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ރިޝްވަތުގެ ގޮތުގައި 187.5 މިލިއަން ރިންގިޓް (42 މިލިއަން ޑޮލަރު) ހޯދުމާއި، ސްކޫލްތަކަށް ސޯލާ އެނާޖީ ޕެނަލް ފޯރުކޮށްދިނުމުގެ މަޝްރޫޢު ވަކި ކުންފުންޏަކާ ހަވާލުކުރުމަށް އެހީތެރިވުމަށް 2016 އާއި 2017 އާ ދެމެދު ރިޝްވަތުގެ ގޮތުގައި 6.5 މިލިއަން ރިންގިޓް (1.5 މިލިއަން ޑޮލަރު) ނެގި ކަމުގެ ދެ ދައުވާއިންނެވެ.

ކޯޓުން ވަނީ މި ދައުވާތަކާ ގުޅިގެން 10 އަހަރަށް ޖަލަށް ހުކުމްކޮށް، ޖުމްލަ 970 މިލިއަން ރިންގިޓް (217 މިލިއަން ޑޮލަރު) ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް މަތީ ކޯޓުތަކުން މައްސަލަ އިސްތިއުނާފު ކުރުމާ ހަމައަށް ކަފާލާތުގެ ދަށުން މިނިވަންކިށް ހުންނެވުމުގެ ހުއްދަ ކޯޓުން ވަނީ ދީފައިވެއެވެ.

އުމުރުން 70 އަހަރުގެ މަންސޫރު ޖަލު ހުކުމަކާއެކު 217 މިލިއަން އެމެރިކާ ޑޮލަރުން ޖޫރީމާނާކުރުން މިއީ މެލޭޝިއާގެ ތާރީހުގައި ޖޫރިމާނާއެއްގެ ގޮތުގައި މިހާ ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ރޮސްމާހް މަންސޫރަށް މިހުކުމް އިއްވާފައިވަނީ އޭނާގެ ފިރިކަލުން، އަދި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒާކް އަށްވެސް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޖަލަށްލާން ހުކުމް ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ނަޖީބުގެ ވެރިކަން ވެއްޓުމާއެކު ފެންމަތިވި ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު، ފުލުހުން ވަނީ ނަޖީބު އަދި ރޮސްމާހް މަންސޫރް ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކޮށް، އެތައް ސަތޭކަ ފޮށިތަކެއްގެ އަގުބޮޑެތި ބްރޭންޑްތަކުގެ އަތްދަބަހާއި، 423 ގަޑިއާއި، 14 ތާޖު އަދި އެހެނިހެން ގަހަނާ އާއިއެކު، 1.1 ބިލިއަން ރިންގިޓް (246 މިލިއަން ޑޮލަރަ) އަށް ވުރެ ގިނަ އަގުހުރި ސާމާނު އަތުލައިގެންފައެވެ.

ދާތޯ ޝްރީ ހާޖީ މުހައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުއްރަޒާކް އާއި ދެކޮޅަށް މަނީ ލޯންޑަރިން އާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އަނިޔާވެރިކަމުގެ ތުހުމަތުކޮށް، ޖަލަށް ލުމަށް ފުރަތަމަ ހުކުމް ކުރީ މީގެ ދެއަހަރު ކުރިންނެވެ. 2020 ވަނަ އަހަރު ހުކުމް ކުރި ފަހުން އިސްތިއުނާފުކޮށް ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ނަޖީބު ޖަލަށްލުމަށް އަލުން ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން