ސްރީލަންކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު 2.9 ބިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އައިއެމްއެފުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިއުލާންކުރި އެއްބަސްވުމަކީ ލަންކާ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ރިފޯމްކޮށްދޭން އެހީތެރިވާނެ އެއްބަސްވުމެއް ކަމަށް އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ. އަދި މި އެއްބަސްވުމަކީ ލަންކާއަށް ކުރިމަތިވެފައިވާ ދަތިކަމުން ސަލާމަތްވުމަށް އެޅި ދިގު މަގެއްގެ ފެށުމެއް ކަމަށް އައިއެމްއެފްގެ އިސް އޮފިޝަލު ޕީޓާ ބްރޫއާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ލަންކާއިން ޖަޕާނާއި ޗައިނާ އަދި އިންޑިއާ ފަދަ ކްރެޑިޓަރުންނާ ގުޅިގެން ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ޝަރުތުކޮށްފައިވެ އެވެ. އަދި ސަރުކާރުގެ އާމްދަނީ އިތުރުކުރުމާއި، މާލީ ކޮންސޮލިޑޭޝަނަށް ހިތްވަރުދިނުމާއި، ތެލާއި ކަރަންޓަށް އާ އަގުތައް ތައާރަފްކުރުމާއި، އިޖުތިމާއީ ހަރަދުތައް އިތުރުކުރުމާއި، ބޭރުގެ ފައިސާގެ ރިޒާވް އަލުން ބިނާކުރުމަށް ވެސް އައިއެމްއެފްގެ ޕްރޮގްރާމްގެ މަގުސަދުގައި ހިމެނެ އެވެ.

ލަންކާ ދަރަނިވެރިވެ އިގުތިސާދީ އަޑިގަނޑަކަށް ވެއްޓިފައިވަނީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ލަންކާގައި ވެރިކަން ކުރެއްވި، އަދި ޖުލައި މަހު ވެރިކަމުން ވަކިވެވަޑައިގަތް ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ އާއިލީ ވެރިކަމުގައި އިގްތިސާދީގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، ކޮވިޑާގުޅިގެން ލަންކާގެ ޓޫރިޒަމް ސިނާއަތަށް ކުރި އަސަރުތަކާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން