ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
ސިންގަޕޫރް އެއާލައިންސްގެ ފްލައިޓެއްގައި ގޮޓަބަޔާ ލަންކާއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެެވެ. އޭނާ ލަންކާއަށް ވަޑައިގެންނެވިއިރު އެއާޕޯޓްގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެ އެވެ. ގޮޓަބަޔާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ބައެއް ވަޒީރުންނެވެ.
ރައްޔިތުން ނުކުމެ ކުރި މުޒާހަރާ ތަކަށް ފަހު ގޮތް ހުސްވެގެން ގޮޓަބަޔާ ވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު ގައުމު ދޫކޮށް ފިއްލަވާފައެވެ. އެގޮތުން އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކާ އެކީގައި އަސްކަރީ ޖެޓެއްގައި ގޮޓަބަޔާ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެެ. އޭގެ ފަހުން އޭނާ މަގާމުން އިސްތިިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެެ. އަދި އޭގެފަހުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ގޮޓަބަޔާ ވަޑައިގަތީ ތައިލޭންޑަށެެވެ.
ގޮޓަބަޔާ އިސްތިއުފާ ދެއްވުމުން ލަންކާގެ ރައީސް ކަމަށް މިހާރު އަައްޔަން ކޮށްފައިވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައެވެ. އޭނާ މަގާމަށް އައްޔަން ކުރީ ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު