އެމެރިކާގެ ކަސްޓަމްސްއާއި ބޯޑަރ ޕްރޮޓެކްޝަން އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ބޭބީ ވައިޕް ނުވަތަ ކުޑަކުދިން ތާހިރުކުރަން ބޭނުންކުރާ ޓިޝޫ ޝިޕްމަންޓެއްގެ ތެރެއިން 11 މިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގެންފިއެވެ.

ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަންގައި ޓިޝޫ ޝިޕްމަންޓްގެ ތެރެއިން ވަނީ 680 ކިލޯގެ ކޮކެއިން އަތުލައިގެންފައެވެ. އަދި މިތަކެތީގެ އަގު 11.8 މިލިއަން ޑޮލަރަށް އަރާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.



ހަބަރުތައް ބުނާގޮތުން މި ތަކެތި އަތުލައިގަތީ މެކްސިކޯއާއި އެމެރިކާ ގުޅޭ ބޯޑަރުގައި އޮންނަ ބްރިޖަކުން ހުރަސްކުރި މުދާ އުފުލާ ޓްރަކަކުންނެވެ. އެތަކެތި ބަންދުކޮށްފައި ހުރީ 1935 ޕެކެޓެއްގައިކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ މިމައްސަލަ މިހާރު ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން