އިންޑޮނޭޝިއާގެ ސަރުކާރުން ތެލުގެ އަގު ބޮޑުކުރުމާއެކު ޔުނިވާސިޓީގެ ދަރިވަރުން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
އިއްޔެ ފެށި މިމުޒާހަރާތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް ބައިވެރިވެފައިވެއެވެ. އަދި މުޒާހަރާ ހޫނު ކުރުމަށް ބައެއް ބައިވެރިންވަނީ ބޭނުން ނުކުރާ ޓަޔަރުވެސް އަންދާފައެވެ.
ތެލުގެ އަގު ބޮޑުކުރުން ކެންސަލް ކުރުމަށް ގޮވާލައި ފެށި މިމުޒާހަރާގައި އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
އިންޑޮނޭޝިއާގެ ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިކަމާ ގުޅިގެން ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގައިވިޔަސް، އިންޑޮނޭޝިއާ ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ ސަބްސިޑައިޒްޑް ފިއުލް ލިބުމަށް ދަތިތަކެއް ހުރުމުންނެވެ. އެގޮތުން ތެލުގެ އަގު ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުކޮށްފައިވެއެވެ.
އިންޑޮނޭޝިއާގައި އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިހާރުގެ ރައީސް ވެރިކަމާ ހަވާލުވި، 2014 ވަނަ އަހަރު އެވެ. އެފަހަރުވެސް މުޅި އިންޑޮނޭޝިއާގައި ގިނަ ދުވަސްތަކަކަށް މުޒާހަރާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު