ރަޝިޔާގެ ރައީސް ވްލަޑިމީރ ޕޫޓިން، އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އޭޖެންސީގެ ކުރީގެ ކޮންޓްރެކްޓަރު އެޑްވާޑް ސްނޯޑެން އަށް ރަޝިޔާގެ ސިޓިޒެންޝިޕްކަން ދީފިއެވެ.
ސްނޯޑެންގެ މައްޗަށް ވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކާއި، ގިނަ ސިއްރު މައުލޫމާތުތަކެއް މީޑިއާއަށް ލީކުކުރުމާއި، އެމެރިކާގައި ޖާސޫސީ ކުރުމާއި ސަރުކާރުގެ މުދާ ވަގަށް ނެގި ކަމުގެ ތުހުމަތުކޮށްފައެވެ.
އެމެރިކާގެ ސިއްރުތައް ލީކުކުރުމުގެ ތުހުމަތުގައި އެމެރިކާއިން ސްނޯޑެންގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އުމުރުން 39 އަހަރުގެ މިމީހާ ވަނީ 2013 ވަނަ އަހަރު، އެމެރިކާގެ ސިއްރު މައުލޫމާތު އާންމުކޮށް ހާމަކުރުމަށްފަހު، އެމެރިކާއިން ފިލައިގެން ހޮންގްކޮންގަށް ދަތުރުކޮށްފައެވެ. އެއަށްފަހު މޮސްކޯއަށް އަމިއްލައަށް އަރުވާލެވުމަށްފަހު، އޭނާ ދިރިއުޅެމުންދަނީ ރަޝިއާގައެވެ.
ސްނޯޑެން އާއި އޭނާގެ އަންހެނުންނަށް ރަޝިޔާގެ ސިޓިޒެންޝިޕްކަން ދިނުމުގެ ކުރިން ރަޝިޔާގައި ދާއިމީ ރެޒިޑެންސީ ދީފައިވެއެވެ. ޕޫޓިން ސްނޯޑަންއަށް ސިޓިޒެންޝިޕްކަން ދެއްވާފައިވަނީ، ޔޫކްރޭނުގައި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު