އިންޖީނުގެ ބަންދުކޮށް، ކަރަންޓް ކެނޑުމުގެ މުއްދަތު އިތުރުވެގެން ދިޔަ ސަބަބަކީ ކޮލިޓީ ދަށް ސާފުނުކުރާ ތެޔޮ އެތެރެކުރާތީ ކަމަށް ލަންކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ކަރަންޓް އުފެއްދުމުގެ ގާބިލްކަން ދަށްވުމުން، މިދިޔަ ހަފްތާގައި ލަންކާއިން ދުވާލަކު ކަރަންޓް ކެނޑޭ މިންވަރު 80 މިނެޓުން 140 މިނެޓަށްވެސް ވަނީ އިތުރުކޮށްފައެވެ.



މިކަމާ ގުޅިގެން ލަންކާގެ ޕަބްލިކް ޔުޓިލިޓީސް ރެގިއުލޭޓަރުގެ ވެރިޔާ ޖަނާކާ ރަތުނާޔަކޭ ވިދާޅުވީ ކަރަންޓް ކެނޑުމުގެ މުއްދަތު އިތުރުވެގެން ދިޔަ ސަބަބަކީ ކޮލިޓީ ދަށް ސާފުނުކުރާ ތެޔޮ އެތެރެކުރާތީކަމަށެވެ. އަދި އަންދާފައިވާ ތެލުގައި ތިމާވެއްޓަށް ނުރައްކާތެރި ސަލްފަރ ގިނައިން އެކުލެވޭ ކަމަށެވެ.

"ފަރނޭސް އޮއިލްގައި ސަލްފަރގެ މިންވަރު މާ ގިނައިން ހުރުމަކީ މިހާރު ހުރި އިންޖީނުގެތަކަށް ރައްކާތެރިކަމެއް ނޫން. އެއީ ތިމާވެށީގެ މިންގަނޑުތަކަށް ވެސް ނުފެތޭ އެއްޗެއް،" ޕަބްލިކް ޔުޓިލިޓީސް ކޮމިޝަންގެ ވެރިޔާ ރަޓްނާޔަކޭ ވިދާޅުވި އެވެ.

"ރިފައިނަރީތަކަށް ރަނގަޅު ފެންވަރުގެ ސާފުނުކުރާ ތެޔޮ ގަނެފިއްޔާ ދެން މި މައްސަލައެއް ކުރިމަތިނުވާނެ."

ރަޓްނާޔަކޭ ވިދާޅުވީ ލަންކާގެ 10 އިންސައްތަ ކަރަންޓު ދޫކުރަނީ ޑީސަލް އަދި ފިއުލް އޮއިލް އިންޖީނުގެތަކުން ކަމަށެވެ. އަދި ބާކީ ކަރަންޓް އުފައްދަނީ ހައިޑްރޯ، އިއާދަކުރަނިވި އަދި ކޯލް ޕަވަރޑް ޕްލާންޓްތަކުން ކަމަށެވެ.

ނަމަވެސް އެގައުމުގެ ހަކަތައާއި ބެހޭ މިނިސްޓަރު ވަނީ އެ ތުހުމަތާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ދައުލަތުގެ ފިއުލް ރީޓެއިލް ވިޔަފާރިކުރާ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ރަޓްނާޔަކޭގެ މިތުހުމަތަކަށް ރަސްމީކޮށް ޖަވާބުދާރީވާނެ ކަމަށެވެ.

މިނިސްޓަރ ވިޖެސެކަރާ ވިދާޅުވި ގޮތުގައި ކަރަންޓް ކަނޑާލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ހައިޑްރޯ ޕަވަރ ސްޓޭޝަންތަކުގެ ތެރެއިން އެއް ސްޓޭޝަން ހަލާކުވުމާއި ޑީސަލާއި ފިއުލް އޮއިލް އަށް އެކަށީގެންވާ ފައިސާ ނެތުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން