ޕާކިސްތާނުގެ ޑެންޓަލް ކްލިނިކެއްގައި ޗައިނާގެ ރައްޔިތަކަށް ހަމަލާދީ މަރާލައިފިއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ކްލިނިކެއްގައި ހިނގާދިޔަ މިހާދިސާގައި ހަމަލާ ދިން މީހާ ހަމަލާ ދީފައިވަނީ ކްލިނިކަށް ފަރުވާހޯދަން އައި ބަލިމީހަކަށް ހެދިގެންނެވެ. މިހާދިސާގައި އެކަކު މަރާލައި އިތުރު ދެ މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.

ހަމަލާ އަމާޒުވި މި ތިން މީހުންނަކީ ވެސް ޗައިނާ އާއި ޕާކިސްތާނުގެ ޑުއަލް ނެޝަނަލްޓީ އޮންނަބައެކެވެ. އަދި މިމީހުން ޕާކިސްތާނުގެ ކަރާޗީގައި ޑެންޓަލް ކްލިނިކެއް ހިންގާތާ 40 އަހަރު ވެފައިވެއެވެ.

މިހާދިސާ ތަހުގީގު ކުރަމުންދާ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި، ހަމަލާދިން މީހާ ޕާކިސްތާނުގެ އެއްވެސް ރައްޔިތަކަށް ހަމަލާ އަމާޒުކޮށްފައެއް ނުވެއެވެ. ނަމަވެސް މިހަމަލާއަށްފަހު، ސައިކަލެއްގައި އިން މީހެއްގެ އެހީގައި ހަމަލާދިން މީހާ ވަނީ ފިލާފައެވެ.

މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު، މި ހަމަލާ ދިން ސަބަބުވެސް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މިއީ ޕާކިސްތާނުގައި ޗައިނާގެ ރައްޔިތަކަށް ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ.

އެންމެ ފަހުން ޕާކިސްތާނުގައި ޗައިނާގެ ރައްޔިތަކަށް ހަމަލާ ދީފައިވަނީ، މިއަހަރުގެ އޭޕްރީލް މަހުއެވެ. އެހާދިސާގައި ޗައިނާ މީހުން ދަތުރު ކުރި ބަހަކަށް ހަމަލާދީ، ބަހުގައި ތިބި ޗައިނާގެ ތިން ޓީޗަރަކާއި ބަސް ދުއްވަން އިން ޕާކިސްތާނުގެ ޑްރައިވަރު މަރާލައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން