އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ތައުލީމީ މަރުކަޒެއްގައި ހުކުރު ދުވަހު ހެނދުނު ޖާނުގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ޚާލިދު ޒަދްރާން ވިދާޅުވެއްޖެއެވެ.

"ދަރިވަރުން އިމްތިހާނަކަށް ތައްޔާރުވަމުން ދަނިކޮށް މި ތައުލީމީ މަރުކަޒުގައި މީހަކު ޖާނުގޮއްވާލައިގެން ހަމަލާދިނީ. މިހަމަލާގައި 19 މީހަކު ޝަހީދުވެ 27 މީހަކު ޒަޚަމްވެފައިވާތީ ހިތާމަކުރަން،" ޒަދްރާން ވިދާޅުވި އެވެ.

މި ގޮވުން ހިނގާފައިވަނީ އަފްޣާނިސްތާނުގައި އެންމެ ގިނަ ބަޔަކު މަރުވި ބައެއް ހަމަލާތައް ދިން ސަރަހައްދެއް ކަމަށްވާ ހުޅަނގު ކާބުލްގެ ޝީއީ މުސްލިމުންގެ މީހުން ދިރިއުޅޭ ދަޝްތު-އެ-ބަރުޗީ ސަރަހައްދުގަ އެވެ. މިހާދިސާއާއި ގުޅިގެން އާންމުކޮށްފައިވަ ވީޑިއޯ އަދި ފޮޓޯ ތަކުން، ލެއިން ފޯވެ ޒަހަމްވެފައި ތިބި ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދިނުމަށް ގެންދާ މަންޒަރު ފެނިގެންދެއެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނުގައި ތާލިބާނުން އަނބުރާ ވެރިކަމަށް އައުމުން ވިއްސަކަށް އަހަރުގެ ހަނގުރާމަ ނިމުމަކަށް އައިސް އަނިޔާވެރިކަން ވަރަށް ބޮޑަށް މަދުވި ނަމަވެސް، ފާއިތުވި މަސްތަކުގައި ހަރުކަށި އިސްލާމިސްޓުންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެގައުމުގެ ސަލާމަތީ ކަންކަން ގޯސްވާން ވަނީ ފަށައިފައެވެ. މީގެތެރޭގައި ތާލިބާނުންގެ ދުޝްމަނުން ކަމަށްވާ ދާޢީޝް ޖަމާއަތުގެ ހަމަލާތައް ވެސް ގިނަވާން ފަށާފައިވާ ކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން