އިންޑޮނޭޝިއާގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ހިނގާދިޔަ ހަމަނުޖެހުމަކާ ގުޅިގެން 129 މީހުން މަރުވެއްޖެއެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގެ ދަނޑެއްގައި އަރެމާ އާއި ޕަރސެބަޔާ ސުރަބަޔާ ނަމަކަށް ކިޔާ ދެ ޓީމަކުން ބައްދަލުކުރި ފުޓުބޯޅަ މެޗެއްގެ ތެރެއިންނެވެ. ހަލަބޮލިކަން އުފެދުނީ ޕަރސެބަޔާ ސުރަބާޔާ 3-2 އިން މޮޅުވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަމަނުޖެހުން ހިންގަންފެށީ، އަރެމާ ޓީމު ބަލިވުމުން އަރެމާގެ އެތައް ހާސް ސަޕޯޓަރުން ދަނޑަށް ނުކުމެއެވެ.
އަދި އެވަގުތު ދަނޑުގައި ތިބި އަރީމާގެ ބައެއް ކުޅުންތެރިންނަށްވެސް ހަމަލާދިން ކަމަށް ވެއެވެ.
ކުޅިވަރުގެ ދުނިޔޭގައި ހިނގި އެންމެ ނުރައްކާތެރި އެއް ސްޓޭޑިއަމް ހާދިސާ ކަމަށް ސިފަކުރާ މިހާދިސާގައި 300 އަށް ވުރެ ގިނަ މީހުން އެކި ވަރުގެ އަނިޔާތަކާއެކު ހޮސްޕިޓަލްތަކަށް ގެންދިޔައިރު، ހޮސްޕިޓަލަށް ދިޔަ މަގުމަތީގެ އިތުރުން، ފަރުވާ ހޯދަމުން ދަނިކޮށް އެތައް ބަޔަކު ވަނީ މަރުވެފައެވެ. އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގެ ޕޮލިސް ޗީފް ނިކޯ އަފިންތާ ވިދާޅުވީ ގާތްގަނޑަކަށް 180 މީހުންނަށް ބޮޑެތި އަނިޔާލިބިފައިވާކަމަށާއި، އަދި އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ގޯސްވަމުންދާ ކަމަށެވެ.
މިހާދިސާގައި މިހާތަނަށް 129 މީހަކު މަރުވެފައިވާއިރު، މީގެ ތެރޭގައި ދެފުލުހަކުވެސް ހިމެނެއެވެ.
މިހާދިސާއާއި ގުޅިގެން އިންޑޮނޭޝިއާގެ ފުޓްބޯޅަ ލީގު ހަފުތާއަކަށް މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި ސީޒަނުގެ ބާކީ އޮތް މެޗުތަކަށް ފުޓުބޯޅަ ޓީމު އަރީމާ ވަނީ ސަސްޕެންޑުކޮށްފައެވެ.
ކުޅިވަރުގެ މައިދާނުގައި، އިންޑޮނޭޝިއާގެ ކްލަބުތަކުގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް އުފެދިފައިވާއިރު، ސަޕޯޓަރުންގެ މެދުގައިވެސް ހަމަނުޖެހުންތައް އުފެދުމަކީ މިއީ އާކަމެއް ނޫނެވެ. އެގޮތުން މީގެ ކުރިން އިންޑޮނޭޝިއާގައި ކުޅުނު މެޗުތަކުގައި ވެސް އެތައް ފަހަރަކު ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު