ސޯޝަލް މީޑިއާ މެދުވެރިކޮށް 12،000 ދިރުހަމަށް ތުއްތު ކުއްޖަކު ވިއްކާލަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ދުބާއީގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އުފަންވިތާ އުމުރުން ދެމަހެއްހާ ދުވަހުގެ މިތުއްތު ކުއްޖާ ވިއްކާލަން އުޅުނީ އެތުއްތު ކުއްޖާގެ މަންމަ ކަމަށްވާ އިންޑޮނޭޝިއާގެ 35 އަހަރުގެ އަންހެނެކެވެ. ތުއްތު ފިރިހެން ކުއްޖާ ވިއްކަން މަސައްކަތް ކުރީ ފައިސާ ބޭނުންވެގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާގައި، ތުއްތު ކުއްޖާގެ މަންމައާއެކު، އޭނާ އަށް އެހީތެރިވެދިން ސްރީލަންކާގެ އަންހެނަކު ހިމެނޭ ގޮތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ތުއްތު ކުއްޖާ އިސްތިހާރު ކުރަން ބޮޑަށް ހަރަކާތްތެރިވީ ސްރީލަންކާގެ އަންހެން މީހާކަމަށް ތުހުމަތުކުރެއެވެ.

އެގޮތުން، މިހާދިސާގެ މައުލޫމާތު ލިބުމުން، މިމީހުން ހައްޔަރުކޮށްފައިވަނީ، ސްރީލަންކާގެ އަންހެން މީހާއާ ގުޅައިގެން އެ ކުއްޖާ ގަންނަން އުޅުނު ކަމަށް ހަދައިގެންކަމަށް ޑުބާއީ ފުލުހުން ހާމަކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި، ޖޫރިމާނާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ތިމަންނަ

07-Oct-2022

މި ރާއްޖެއަކީ ހުރިހާ ރޮގަކުން ކުރިއަރުމްދާ ގައުމަކަށްވާތީ ތިޔަ ކަންވެސް މިރާއްޖޭގައި ކުރުމަކީ ވެސް ދުރުގައި އޮތްކަމެއް ނޮނެވެ.



ޓްރެންޑިން