ކެމޯމައިލް
ކެމޯމައިލް
ސަޢުދީ ޢަރަބިއްޔާގެ މަދީނާގެ ޔުނިވަރސިޓީއެއް ކަމަށްވާ ތައިބާ ޔުނިވާސިޓީގެ ބޭސްވެރިންގެ ޓީމަކުން ކޯވިޑް-19 އަށް ފަރުވާދޭ ހަކީމީ މުޖައްރިބު ބޭހެއް ހޯދައިފިއެވެ.

މިބޭހަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ބަލިން ރަނގަޅު ކުރުމަށާއި އެމީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ބަލިން ސަލާމަތް ކުރުމަށް ނުވަތަ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރި ވުމަށް ބޭނުން ކުރެވޭ ބޭހެއްކަމަށް ޑެއިލީ ސަންގައި ރިޕޯޓްކޮށްފައިވެއެވެ.

ސަޢުދީ ޢަރަބިއްޔާގެ މަދީނާގެ މާތްވެގެންވާ ބިމުން ހޯދުނު މިބޭހުގައި މުހިންމު ދައުރެއް އަދާކުރަނީ ކީރިތި ރަސޫލާ صلي الله عله وسلم ހަދީސްފުޅު ކުރައްވާފައިވާ މަރު ފިޔަވައި އެހެން ހުރިހާ ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭ ކަޅުދިރިއެވެ. ތައިބާ ޔުނިވާސިޓީގެ ތަޖުރިބާކާރު ހަކީމުންގެ ޓީމުން ހޯދާފައިވާ މި ބޭހުގެ ހޯދުންތަކާބެހޭ މައުލޫމާތު ކަރުދާސް މިހާރުވަނީ އެމެރިކަން ޖާނަލް އޮފް ޕަބްލިކް ހެލްތު ރިސާރޗް ގައި ޝާއިޢުކޮށް އެންމެންނަށް ވެސް ބޭހާއި ބެހޭ މައުލޫމާތު ލިބޭނެހެން އާންމުކޮށްފައެވެ.

ބޭހުގެ ޑޯޒްއާއި ބޭސް ތައްޔާރުކުރާނެ ގޮތް:-

1 ސައިސަމުސާ (2 ގްރާމް) ކަޅު ދިރި

1 ސައިސަމުސާ (1 ގްރާމް) ކެމޯމައިލް / ހިމުންކޮށްފައި (ކެމޯމައިލްއަށް ދިވެހި ކިޔަނީ ބަބުނަ)

1 މޭޒުމަތީ ސަމުސާ ގެ މާމުއި (ނެޗުރަލް ބީ ހަނީ)

މިހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް މިކްސް ކުރާށެވެ. އެއަށްފަހު ރަނގަޅަށް ހަފައިގެން ކައި ދިރުވާލާށެވެ. މި ބޭސް ކެއުމަށްފަހު އަނގައިން ރަހަ ކަނޑުވާލުމަށް ކޮންމެވެސް ކަހަލަ ޖޫހެއް ބޭނުން ކުރާށެވެ. ނޫނީ އޮރެންޖް. ލުނބޯ ކަހަލަ އަނގައިން ރަހަ ކެނޑޭ ކަހަލަ މޭވާއެއް ވެސް ބޭނުންކޮށްލެވިދާނެއެވެ.

މިބޭހަށް ދީފައިވާ ނަމަކީ "ޓައިބްއުވިޑް" ނުވަތަ "ތައިބާ ޔުނިވަރސިޓީ އެންޓި ކޯވިޑް-19 ޓްރީޓްމެންޓް" އެވެ.

ބަލިން ރައްކާތެރިވުމަށް:-

ކޯވިޑް-19 ގެ ޢާލަމީ ވަބާއިން ރައްކާތެރި ވުމަށް ބަލި މުޅިން މުޖުތަމަޢުން ފިލާ ދަންދެން ދުވާލަކު އެއްފަހަރު މިބޭސް ބޭނުން ކުރައްވާށެވެ. އިރާދަކުރެއްވިއްޔާ އޭރުން ބަލިން ސަލާމަތް ވެވޭނެއެވެ.

ބަލީގެ ފަރުވާ:-

ބަލި ޖެހިފައިވާ މީހުން ހަފުތާއެއް ވަންދެން ދުވާލަކު ފަސް ފަހަރު މި ބޭސް ބޭނުން ކުރައްވާށެވެ.

އޭގެ ފަހުން މުޖުތަމަޢުން ބަލި ފިލާ ދާންދެން ކޮންމެ ދުވަހަކު އެއްފަހަރު ބޭސް ބޭނުން ކުރައްވާށެވެ.

މާގަދައަށް ކެއްސާ ނޭވާލާން އުނދަގޫވާގޮތް ހުންނަ ނަމަ ކަޅުދިރި ތެއު ނުވަތަ ކަރަންފޫ ތެލުން އާވި (އިންހޭލްކުރުން) އަރުވާށެވެ. ނޫންނަމަ ކަޅުދިރިއާ ކެމޯމައިލް ފެނުގައި ކައްކައިގެން އުފެދޭ ސޮލިއުޝަނުން އާވިއަރުވާށެވެ. އާވިއެރުވުމަށް ބޭނުން ކުރާނީ ނެބިއުލައިޒަރ އެކެވެ.

ނެބިއުލައިޒަރއެއް ނެތިއްޔާ އެއް މޭޒުމަތީ ސަމުސާ ކަޅުދިރިއާއި އެއް މޭޒުމަތީ ސަމުސާ ކެމޯމައިލް އަދި ފެންކައްކާ ކަހަލަ ޖަގެއް ކަހަލަ އެއްޗެއްގައި އެއްޖޯޑު ފެން އަޅައިގެން ކޮންމެވެސް ވަރަކަށް މަތި ނިވާކޮށްގެން މަޑު ގިނީގައި ކެއްކުމުން އަރާ އާވިން ވަސްބަލާށެވެ. ނޫނީ އިންހޭލް ކުރާށެވެ. މި ގޮތަށް ދުވާލަކު ފަހެއް ނުވަތަ ހަ ފަހަރު ހަދަންވާނެއެވެ.

މިބޭހުގެ ހޯދުންތައް ހޯދުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި 10 ހަކީމުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ތަޖުރިބާކާރު ޑޮކްޓަރ ސަލާހް މުޙައްމަދު އަލް ސައްޔިދު ވިދާޅުވި ގޮތުގައި މާތްﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު މި ބޭސް ބޭނުންކުރި އެއްވެސް މީހަކު ބަލި ރަނގަޅުވާން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ނަގާފައި ނުވާ ކަމަށެވެ. އަދި ޓައިބްއުވިޑް ތައްޔާރުކޮށްފައި ވަނީ ބަލި މީހުން އަމިއްލައަށް ގޭގައި ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. މިހާތަނަށް މި ބޭސް ބޭނުންކުރި އެންމެންވެސް ބަލިން ރަނގަޅު ވެފައިވާ ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެން ވާނީ މި ބޭހާ ބެހޭ ހުރިހާ މައުލޫމާތެއް ބޭސްވެރިކަމާ ބެހޭ ޖާނަލްގައި ޝާއިޢުކޮށްފައި. އޭގެ ބޭނުމަކީ ބަލިން ފަރުވާ ހޯދުމަށް މާތް ﷲ ގެ ތަނަވަސް ރަޙުމަތާއެކު މި ބޭސް ހަދާނެ ގޮތާއި ބޭނުން ކުރާނެ ގޮތް އާންމުކޮށް ގިނަ ބަޔަކަށް ފޯރުކޮށްދީ ވީހާ ގިނަ ބަޔަލު މި ބަލިން ސަލާމަތްވުން. ﷲ އިރާދުފުޅާއެކު މިބޭސް ބޭނުންކުރި އެންމެން ވަނީ ބަލިން ރަނގަޅުވެފަ." ބޭސް ބޭނުން ކުރަން ހިތްވަރު ދެއްވަމުން ޑޮކްޓަރ ސަލާހް މުޙައްމަދު އަލް ސައްޔިދު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


19

ގަމު މީހާ

24-May-2021

ތިކަހަލު ޔަގީންކަން ނެތް ވާހަކަ ޔަގީނޭ މުޖައްރިބު ކިޔާ ހަބަރު ނުފެތުރުމައް ވަރައް ބޮޑައް އެފެން..


12

ގަމު މީހާ

24-May-2021

ތިކަހަލު ޔަގީންކަން ނެތް ވާހަކަ ޔަގީނޭ މުޖައްރިބު ކިޔާ ހަބަރު ނުފެތުރުމައް ވަރައް ބޮޑައް އެފެން..


9

ޖަހާލަތު

24-May-2021

އެއްބިލިޔަން މީހުން ދިނަށްހަދައިގެން ފަތްޕިލާވެއްނޫން އެއްވެސް އެއްޗެއް ކާންފަށައިފިނަމަ މަދުދުވަހެއްގެ ތެރޭގައި އެބާވަތެއް އަބަދަށް ނެތިގެންދާނެ. ނަސްލުވެސް އަޅުކަމަށް ތިހަދާ ފަރުވާވެސް ހުއްޓޭނެ. ދީން އައީ ބިމުގެ ސުލްހައަށްތަ ނޫނީ ފަސާދައަށްތަ. ޝަހުވަތާ ކާނާއާ ފަރުވާއަށް ދީންހަދައިގެން ސުންނަތޭ ކިޔައިގެން ކީތިރިނަބިއްޔާގެ މިމާތް ރިސާލަތުގެ މަގުސޮދު ނަގާނުލައި.


16

ވޭރިއަންޓް

19-May-2021

މައްކާ މަދީނާ އަކީ ބަރަކާތްތެރި މާތްކަންލިބިގެންވާ ދެތަން، ނަމަވެސް ކޮވިޑް19 އަށް ފަރުވާދެވޭ ބޭހެއް ހޯދުންވަނީ ވަރަށްދަތިކަމަކަށް ވެފައި! އެހެނީ ކޮރޯނާވައިރަސްގެ ތަފާތުއެތަކެއް ވޭރިއަންޓެއް އެއްގައުމަކުންވެސް ފެނިފައިވާއިރު އެކިގައުމްތަކުގައި އެކިވޭރިއަންޓް ފެތުރެމުންދިއުމުގެ ސަބަބުން އެއްބޭހެއް ބޭނުންކޮއްގެން ކޮންޓްރޯލް ކުރެވޭއެއްޗަކަށް ކޮރޯނާވައިރަސް ނުވާތީ ކޮރޯނާވައިރަސްއަށް ފަރުވާއެއް ހޯދުނުކަމަށް ބުނުމަކީ ސައްހަ ވާހަކައެއްކަމުގައި ނުވެދާނެކަމަށް ލަފާކުރެވޭ.


10

ޒަމްޒަމް

19-May-2021

ކަޅުދިރިއަށް ބުނެލަން... ޒަމްޒަމް ފެނަކީ ޝިފާއެއް ވާއެއްޗެއް ކަން ހިތުގެ ފުން މިނުންް ގަބޫލު ނުކުރާ މީހަކަށް ޒަމްޒަމް ފެން ތާންގި އެއް ހުސްވަންދެއް ދިނަސް ޝިފާ ނުލިބިދާނެ.. ކަޅުދިރި އާ ޒަމްޒަމް ފެނުން ޑޮކްޓަރުންނަށް ރަނގަޅު ނުކުރެވޭ ކިތަންމެ ބައްޔެއް ރަނގަޅު ކުރެވިފަ އެބަހުރި.. ޑޮކްޓަރުންނަށް ވެސް އިލްމު ދެއްވީ ﷲ .. ހަކީމީ ބޭސް ވެރިންނަށްވެސް އިލްމު ދެއްވީ ﷲ.


-1

ޒަމްޒަމް

19-May-2021

ކަޅުދިރިއަށް ބުނެލަން... ޒަމްޒަމް ފެނަކީ ޝިފާއެއް ވާއެއްޗެއް ކަން ހިތުގެ ފުން މިނުންް ގަބޫލު ނުކުރާ މީހަކަށް ޒަމްޒަމް ފެން ތާންގި އެއް ހުސްވަންދެއް ދިނަސް ޝިފާ ނުލިބިދާނެ.. ކަޅުދިރި އާ ޒަމްޒަމް ފެނުން ޑޮކްޓަރުންނަށް ރަނގަޅު ނުކުރެވޭ ކިތަންމެ ބައްޔެއް ރަނގަޅު ކުރެވިފަ އެބަހުރި.. ޑޮކްޓަރުންނަށް ވެސް އިލްމު ދެއްވީ ﷲ .. ހަކީމީ ބޭސް ވެރިންނަށްވެސް އިލްމު ދެއްވީ ﷲ.


12

އަހްމަދް

18-May-2021

އަޖުމަބަލާލަން ރަނގަޅު


16

އަޙުމަދު ސަޢީދު

11-Feb-2021

މިފަދަ ފަރުވާއެއް ކޯވިޑް 19 ހޯދުނު ނަމަ މިހުރިހާ ދުވަސް ފާއިތުވިއިރު މިފަރުވާ އޮތީ ފޮރުވިފައިތޯއެވެ. ކޯވިޑް ވެކްސިން ވުޖޫދު ވީމާ ދެއްތޯ މިފަރުވާ ވުޖޫދުވީ


11

ކަޅުދިރި

19-Jul-2020

ކަޅުދިރިއާއި ޒަމްޒަމް ފެނުން ރަނގަޅުވާނަމަ ސަޢޫދީ ޢަރަބިޢާ އޮންނާނީ މިބަލިން އަރައި ގަނެވިފަ.


18

ކާކު.

26-Jun-2020

ޢަލްހަމްދުލިއްލާހި


13

ޢާދަމް ޢަލީ

21-Jun-2020

ޢަލްހަމްދުލިއްލާހި މިއީ ޙަމަވެދާނެކަމެއް


18

ހަކީމީ ބޭސް

21-Jun-2020

އެއީ ތެދެއް އެކަމަކު އެބޭސް ވޯކުކުރަނީ ހަމައެކަނި ފިރިހެނުންނަށް އެބޭހަކީ ދެފޯކުގަ އުނގުޅަންކެޖޭ އެއްޗަކަށްވާތީ


6

ޙަސީ

21-Jun-2020

ނަރުސް !!! ކިހިނެއް ވީ ކޯވިޑް އެ ބުނެދެނީ ޑޮކްޓަރީ ބޭހުން އިންސާނާ ހުންނަނީ ހަލާކު ވެފައޭ. ޢެކަމަށް ޑޮކްޓަރުން ވެސް އެ އެއްބަސް ވަނީ. ޙަކީމީބޭހަކުން ހަށިގަނޑަށް ގެއްލުމެހް ނުދޭ. ސާފުކޮށް ބުނާނަމަ ޑޮކްޓަރީ ބޭސްވެރިކަމަކީ ޒަމާނީ ވިޔަފާރިއެއް. ޙަކީމީ ބޭހުން ހަށިގަނޑު ކޮށްދެނީ ވަރުގަދަ. ކަޅުދިރި އާ މާމުޔަކީ ރަސޫލު ސޮއްލައްﷲ ޢަލަޔްހި ވަސައްލަމަ ގެ ބޭސް ފޮތުގައިވެސް ގިނައިން ބޭނުން ކުރައްވާފަ ހުންނަ ތަކެތި. ޔަގީނުންވެސް އެ އީ ހަށިގަނޑަށް ގެއްލުން ދޭނެ ތަކެއްޗެއްނޫން. ނަރުސް އަކީވެސް މި ޒަމާނީ ވިޔަފާރިން ބައި ލިބޭ މީހަކާ ވަރަށް ވައްތަރު.


21

ޡަރީ

21-Jun-2020

ނާސް އަށް ބުނެލަން. ޚޯވިޑް ބުނެދެނީ ޑޮކްޓަރީ ބޭހުން އިންސާނާ ހަލާކު ވެފަ ހުންނަ ވާހަކަ. ޢެކަމަށް ޑޮކްޓަރުން ވެސް އެ އެއްބަސް ވަނީ. ޙަކީމީބޭހަކުން ހަށިގަނޑަށް ގެއްލުމެހް ވީ ވާހަކަ އެއް އަދި މިހާތަނަށްވެސް އެއްވެސް މީހަކު ނުބުނޭ ދޯ. ސާފުކޮށް ބުނާނަމަ ޑޮކްޓަރީ ބޭސްވެރިކަމަކީ ޒަމާނީ ވިޔަފާރިއެއް. ޙަކީމީ ބޭހުން ހަށިގަނޑު ކޮށްދެނީ ވަރުގަދަ. ކަޅުދިރި އާ މާމުޔަކީ ރަސޫލު ސޮއްލައްﷲ ޢަލަޔްހި ވަސައްލަމަ ގެ ބޭސް ފޮތުގައިވެސް ގިނައިން ބޭނުން ކުރައްވާފަ ހުންނަ ތަކެތި. ޔަގީނުންވެސް އެ އީ ހަށިގަނޑަށް ގެއްލުން ދޭނެ ތަކެއްޗެއްނޫން.


19

ޙަސް

21-Jun-2020

ޑޮކްޓަރީ ބޭހުން އިންސާނާގެ މުޅި ހަށިގަނޑު ހަލާކު ވެފަ ހުންނަ ކަން ކޯވިޑް ގެ ސަބަބުން އެނގިއްޖެ ނޫން ބާ. ޙަކީމީ ބޭހަކީ އެ އާ ގާތަކަށް ވެސް ހަށިގަނޑަށް ގެއްލުން ދޭ އެއްޗެއް ނޫން.


-3

އަޙްމަދު

21-Jun-2020

ނަރުސް އަނގަ މަޑުން ލައިގެން ހުރޭ ކުފްރު ނުވެ. މި ޒަމާނުގެ މެޑިސިންއިން މީސްތަކުންނަށް ލިބިފަ ހުރި ސައިޑް އެފެކްޓްސް ތަކާ ގެއްލުން ތައް ނުހަނު ބޮޑު. ބަލީގެ އަސްލު ސަބަބަށް ފަރުވާ ހޯދުމުގެ އުސޫލެއް ނޯން އޮންނަނީ. ކަލޭމެން ވަރަށް ނައްޓާނެ މީހަކު ހާބަލް ތަބީޢީ އެއްޗެހި ބޭނުން ކުރަންޔާ، ބޮޑު ވިޔަފާރި ގަނޑެއް ވިއްޔާ މި މެޑިސިންއަކީ. ތިބޭ އާ ވެކްސިން އެއް ހަދާފަ ވިއްކީމަ ގަބު އަރާފަ ހުރެ ގަނެގެން ޖަހަން


17

ބޮޑުވަޒީރު

21-Jun-2020

ހަޖަމެއްނުވި


9

ވޮންޑާ ގާރލް

21-Jun-2020

ކޮބަ ބަބުނަ އަކީ ކޮންތާކުން ލިބޭ އެއްޗެއް ބާ އެއީ


22

fazla

21-Jun-2020

Alhamdulihlaahi,Allh Akbar


10

ނަރުސް

18-Jun-2020

މާތްކަމޯ. ދެން ޑޮކްޓަރަށް ނުދައްކާ އަމިއްލަޔަށް ޒާތްޒާތުގެ އެއްޗިހި ގަށައިގެން ބޮެއެ މީހުން ތެރެއަށް ނނިނިކުމެ ތިމާޔާ އެހެންމީހުން ނުރައްކަލަލަށް ހުށަނާޅާ. މިހާރުވެސް އެފާޑށް މާ ހަރބަލް ވެގެން އުޅޭ މީހުން ކިޑްނީ ހަލާކުކޮއްލައިގެން އެބަ އާދޭ


15

މުހަންމަދު ސަްރީފް

18-Jun-2020

ތިޔައީ ހަގީގީ ތެދުހަބަރެއްނަމަ ސައްކަކާއިނުލާ ގަބޫލުކުރަން.


14

ޢިބްރާހިމް

18-Jun-2020

ހަމަ ތެދެއް ބާ. ތެދެއް ނަމަ އެއީ އުފާވެރި ޚަބަރެއް


5

ޏަތުރަލް

21-Jun-2020

ޟިވިި ގޮތުން މި ޖެހުނި ކުލަނދުރު ހަތައެއް ގޭގައި ބަހައްޓަން


28

ބަޗީ

21-Jun-2020

ﷲ އަކްބަރު


14

އަހުމަދު

21-Jun-2020

ކީއްވެ މަދީނާގެ އެންމެން މިބޭސް ބޭނުންނުކުރަނީ؟ ކީއްވެ މަދީނާއިން ކޮންމެ ދުވަހަކުމެ އެތައް ބައެއް ކޮވިޑް19 އައް ފައްސިވަނީ؟


9

ޅަނުމާ

21-Jun-2020

މަދީނާގެ ބިމަށް ޠާޢޫން ނާރާނޭކަމަށް ޙަދީޘްކުރައްވާފައި ވެއެވެ.


26

ޅަނުމާ

21-Jun-2020

މަދީނާގެ ބިމަށް ޠާޢޫން ނާރާނޭކަމަށް ޙަދީޘްކުރައްވާފައި ވެއެވެ.


5

އާއިޝަތުއިބުރާހިމް

21-Jun-2020

ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ގޭގައި ތައްޔާރު ކުރެވިދާނެ ރަނގަޅު އެއްޗެއް



ޓްރެންޑިން