ތައިލެންޑުގެ ޑޭކެއާ އަކަށް މީހަކު ވަދެ ބަޑިންނާއި ވަޅިން ހަމަލާދީ ގިނައަދަދެއްގެ ތުއްތު ކުދިން މަރާލައިފިއެވެ.

އެއްފަހަރާ އެތައް ބައިވަރު ކުޑަކުދިންތަކެއް މަރާލުމާއެކު ބިރުވެރިކަމެއްގެ ތެރޭގައި އޮތް ތައިލެންޑުން ރޭ ދަންވަރުގެ ވަގުތުތަކުގައި ފެނިގެންދިޔައީ ތުއްތު ކުދިންގެ ސަންދޯއްތައް އުފުލަމުން ގެންދާ މަންޒަރެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ތައިލެންޑުގެ ޑޭކެއަރ ސެންޓަރަކަށް މީހަކު ވަދެ ދިން ހަމަލާއަކާ ގުޅިގެންނެވެ. ތައިލެންޑުގެ ޑޭކެއަރ ސެންޓަރަށް ވަދެ ނިދާފައި ތިބި ކުޑަ ކުދިންތަކަކަށް އަމާޒުކޮށް ދިން ހަމަލާގައި 22 ކުޑަކުއްޖަކާއެކު ޖުމުލަ 36 މީހަކު މަރުވެފައިވެއެވެ. ރޭ ހިނގާދިޔަ މިހާދިސާގައި ހަމަލާ ދީފައިވަނީ ވަޅިންނާއި ބަޑިންނެވެ.

މިހާދިސާގައި ހަމަލާ ދީ އެތައް ކުދިންނެއް މަރާލާފައިވަނީ ފުލުހުންގެ ވަޒީފާއިން މިހާރު ވަކިކޮށްފައިވާ މީހެއްކަމަށް ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ހުސްވިއަހަރު އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތާއެކުއެވެ.

މިހާދިސާގެ މަންޒަރު ދުށް މީހުން ބުނި ގޮތުގައި ޑޭކެއާ ސެންޓަރު ފަޅާލައި އެތާތެރެއަށް ވަނތްގޮތަށް ބަޑިންނާއި، ވަޅިން އޭނާ ހަމަލާ ދީފައިވެއެވެ. އަދި ޑޭކެއަރ އަށް ހަމަލާ ދިނުމަށްފަހު އޭނާ ވަނީ ގެއަށްގޮސް، އޭނާގެ އަންހެނުންނާއި ދަރި މަރާލުމަށްފަހު، އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން