ތުރުކީވިލާތުގައި ބޮމެއް ގޮވައި 28 މީހުން މަރުވެއްޖެއެވެ.
ބިމު އަޑީން ގޮވި މި މައިން ބޮމާއި އެކު، ބިމުއަޑި ކޮނެ މަސައްކަތް ކުރާ 28 ވަރަކަށް މައިން ކުރާ މީހުން މަރުވެ، އެތައް ބަޔަކު ތާށިވެފައިވެއެވެ. ބެލެވޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މީތޭން ގޭސް ލީކުވުމުގެ ސަބަބުންނެވެ.
މިހާދިސާ އާއި ގުޅިގެން ތާށިވެފައި ތިބި މައިން ކުރާ މީހުން ތިބީ ބިމުން އެތައް ސަތޭކަ މީޓަރެއް އަޑީގައެވެ. މިހާތަނަށް 28 މީހުން ސަލާމަތް ކުރެވުނުއިރު އޭގެ ތެރެއިން ގިނަ ބަޔަކު ނުކުތީ އަމިއްލައަށް ބިންމަތީ ފިރުކެމުންނެވެ. ސަލާމަތްވި ހުރިހާ އެންމެންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.
މިހާދިސާއަކީ މިފަހުގެ އަހަރުތަކުގައި، ތުރުކީގައި ހިނގި އެންމެ ނުރައްކާތެރި ސިނާއީ އެކްސިޑެންޓް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ އިންޓީރިއަރ މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން 49 މައިން ކުރާ މީހުން އަދިވެސް ބިމުއަޑީ ވަކި ދެ ސަރަހައްދެއްގައި ތާށިވެފައި އެބަތިއްބެވެ. ތުރުކީ ގަޑީން ރޭ އިރުއޮއްސެނިިކޮށް ހިނގާދިޔަ މިހާދިސާއިން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު