ރަޝިޔާއިން މުޅި ޔުކްރެއިނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިންތާ ހަފްތާއެއް ފަހުން ހޯމަ ދުވަހު ޔޫކްރޭންގެ ވެރިރަށް ކިއެވްގެ މެދުތެރެއަށް ބާރުގަދަ އެތައް ގޮވުންތަކެއް ގޮއްވާލައިފިއެވެ.

މި ހަމަލާތައް ދީފައިވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކިއެވް ނޭޝަނަލް ޔުނިވާސިޓީގެ މައި އިމާރާތްތަކާ ކައިރީގައި ހުންނަ ކުޑަކުދިންގެ ކުޅިވަރު ކުޅޭ ސަރަހައްދަކަށް ދިން މިސައިލް ހަމަލާދިން ސަރަހައްދާ މާދުރު ނޫން ހިސާބަކަށެވެ. ކިއެވް ސިޓީގެ މޭޔަރު ވިޓަލީ ކްލިޗްކޯ ވިދާޅުވީ މި ހަމަލާ ތަކުގައި ވެރިރަށް ކިއެވްގެ މެދުތެރޭގެ ޝެވްޗެންކޯ ޑިސްޓްރިކްޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ރައްޔިތުން ރައްކާތެރި ހިޔާވަހިކަން ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. މިހަމަލާގެ ސަބަބުން ލިބުނު ގެއްލުމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރަޝިއާއިން ކިއެވަށް ހަމްލާ ދީފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ޔުކްރެއިނުގެ އިރުމަތީ ސަރަހައްދުތަކުގައި ހަމަލާތައް ވަރުގަދަ ކުރުމަށް ފަހުގަ އެވެ.

އަދި ކިއެވަށް ހަމަލާދީފައިވަނީ އީރާނުގެ ޑްރޯންތަކަކުންކަމަށް ޔޫކްރޭންގެ ރައީސް އޮފީހުގެ އިސް އޮފިޝަލަކު ހާމަކޮށްފައިވެއެވެ. ރަޝިޔާއިން ވަނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ސުއިސައިޑް ޑްރޯން ކަމަށް ބުނާ ޑްރޯންތަކެއް ތަކުރާރުކޮށް ބޭނުންކޮށްގެން އާބަން ސެންޓަރުތަކަށާއި އިންޖީނުގެތައް ހިމެނޭ ގޮތަށް ބޮޑެތި އިމާރާތްތަކަށް ހަމަލާ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން