އީރާނުގައި ހަލަބޮލިކަން އުފެއްދީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަމަށް އީރާނުގެ ރައީސް އިބްރާހިމް ރައިސީ ތުހުމަތު ކުރައްވައިފިއެވެ.
ރައިސީ މިހެން ވިދާޅުވެފައި މިވަނީ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ބަންދުގައި ބަހައްޓާފައި ހުއްޓާ މަރުވުމާއެކު އީރާނުގައި ކުރަމުންދާ މުޒާހަރާތަކަށް ބައިޑަން ތާއީދު ކުރެއްވުމާ ގުޅިގެންނެވެ.
"ހަލަބޮލިކަމާއި ބިރުވެރިކަން އުފައްދައި އެހެން ގައުމެއް ނައްތާލުމަށް ބާރުއަޅަމުންދާ އެމެރިކާގެ ރައީސްގެ ވާހަކަތަކަކީ އެމެރިކާއަކީ ބޮޑު ޝައިޠާނެއް ކަމަށް ސިފަކުރި އިސްލާމީ ޖުމްހޫރިއްޔާގެ ބާނީގެ ދާއިމީ ބަސްތަކުގެ ހަނދާން އާކޮށްދިން ކަމެއް،" މަރުޙޫމް އާޔަތުﷲ ޚުމަނާއީ އަށް އިޝާރާތް ކުރައްވައި ރައިސީ ވިދާޅުވިއެވެ.
"ދުޝްމަނުންގެ ރޭވުމާ ދެކޮޅަށް މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މައްސަލަތައް ހައްލު ކުރުމަށް ފައިދާހުރި ފިޔަވަޅުތަކެއް އަޅައިގެން،" ރައިސީ އިތުރަށް ވިދާޅުވި އެވެ.
އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ހައްޔަރުކޮށްފައި ވަނީ އެކަށީގެން ނުވާ ހެދުމެއް ލައިގެންކަމަށް ބުނެއެވެ. އަދި ބަންދުގައި ބެހެއްޓިތާ ތިން ދުވަސް ފަހުން ސެޕްޓެމްބަރު 16 ވަނަ ދުވަހު އަމީނީ ވަނީ މަރުވެފަ އެވެ. މިހާދިސާގެ ސަބަބުން ކުރަމުންދާ މުޒާހަރާތައް މިހާރު ވަނީ މުޅި އީރާނަށް ފެތުރިފަ އެވެ. އަދި މިމުޒާހަރާތަކުގެ ބާރުގަދަވެ މުޒާހަރާގެ ބައިވެރިން ދަނީ ސަލާމަތީ ފަރާތްތަކާ ވެސް ކުރިމަތިލަމުންނެވެ.
ނަމަވެސް އީރާން ސަރުކާރުން ދަނީ މުޒާހަރާކުރާ މީހުންނަކީ 'ހަމަނުޖެހުން ހިންގާ މީހުން' ކަމަށް ބުނެ ތަކުރާރުކޮށް މުޒާހަރާތައް ކުށްވެރި ކުރަމުންނެވެ.
އީރާނުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުކުރު ދުވަހު ވިދާޅުވެފައި ވަނީ "އަހަރުމެން މިތިބީ ރައްޔިތުންނާ އެކު، އީރާނުގެ ހިތްވަރުގަދަ އަންހެނުންނާ އެކު" ކަމަށެވެ.
"އީރާނަށް ހޭވެރިކަން ގެނުވި ހާދިސާއަކީ ހައިރާންކުރުވި ހާދިސާއެއް. މިހާދިސާއާއެކު ގެނުވި ސިހުމާއެކު، އަވަސް މުއްދަތެއްގައި އަޑު މަޑުވެގެން ނުދާނެ،" އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު