ރަޝިޔާއަށް ޑްރޯން ފޯރުކޮށްދިން މައްސަލައިގައި އީރާނާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމަށް ޔޫކްރޭނުން އަންގާރަ ދުވަހު ހުށަހަޅައިފިއެވެ.

މޮސްކޯއިން ވަނީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި އީރާނުގައި އުފައްދާފައިވާ 'ޝަހީދު 136' ނަމަކަށް ކިޔާ ނުރައްކާތެރި ކަމިކާޒޭ ޑްރޯންތަކެއް ޔޫކްރޭންގެ އެކި ސިޓީތަކަށް ފޮނުވާލައިފައެވެ. މިހަމަލާތައް ގިނައިން އަމާޒުކޮށްފައިވަނީ ޔުކްރެއިނަށް ކަރަންޓު ފޯރުކޮށްދިނުމާ ބެހޭ އިމާރާތްތަކަށެވެ. އަދި މި ޑްރޯނ ވަނީ މަރުވެފައެވެ.

ހަމަލާ ދިނުމަށް އީރާނުން ރަޝިޔާއަށް ޑްރޯންތަކެއް ފޯރުކޮށް ދިނުމާ ބެހޭގޮތުން ޔޫކްރޭންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ ވިދާޅުވަނީ "އީރާނުގެ އަމަލުތަކަކީ މަކަރުވެރި އަމަލުތަކެއް،" ކަމަށެވެ.

"އަހަރުމެން އެމީހުންނަށް ގެއްލުންދީ ބިރުދައްކައި ނަހަދަން. އެމީހުން ކުރިކަމެއް އެކުރީ ހަނގުރާމައަށް ތާއީދު ނުކުރާ ކަމަށާއި ހަތިޔާރާއެކު އެއްވެސް ފަރާތަކަށް ތާއީދު ނުކުރާނެ ކަމަށް ބުނުމަށްފަހު."

މީގެއިތުރުން، ރަޝިޔާއިން ދެމުންދާ ޑްރޯން ހަމަލާތަކާ ދެކޮޅަށް ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވާނޭކަމަށް ނޭޓޯއިން ވަނީ އަންގާރަ ދުވަހު ވައުދުވެފައެވެ.

ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން ޔޫކްރޭނަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހަލާކުކޮށްލާފައިވާ ކަމަށް ޔުކްރެއިނުގެ ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން ވެރިރަށް ކިއެވްގެ އިންޖީނުގެތަކަށް މިފަހަކުން ހަމަލާދީފައިވާއިރު، ޔުކްރެއިނުގެ ޚާރކިވް، ޑްނިޕްރޯ، ކްރިވިއީ ރިހް، އަދި ހުޅަނގުގެ ޒައިޓޮމިރްއަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެތަކަށް ދިން ހަމަލާތަކުގެ ސަބަބުން އެސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން