"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގްރޭޑް 3 އަދި 4 ގައި ކިޔަވާ ސްކޫލް ދަރިވަރުންނަށް ހާއްސަ ކޮށްގެން ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ.

މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސްއަށް ވެދުމަށް އަރުވާފައެވެ. އަދި ރައީސް ވަނީ ފިއެސްޓާގެ ޗެންޕިއަން ޓީމުތަކަށް މެޑަލް އަދި ތަށި ހަވާލު ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން