ރިޝީ ސުނަކް، އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކަށް ވުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަހުނިޔާ ވިދާޅުވެއްޖެއެވެ.



އުމުރުން 42 އަހަރުގެ ސުނާކް އަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާނެ، އޭޝިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާއެވެ. އިންޑިއާގެ ރައްޔިތަކަށް ކާފަ ކިޔާ ސުނަކް ކައިވެނިކޮށްފައިވަނީވެސް އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ އިންފޯސިސްގެ ކޯ ފައުންޑަރުގެ އަންހެން ދަރިފުޅު އަކްޝަތާ މުރްތީއާއެވެ.



"އިނގިރޭސިވިލާތުގެ ބޮޑުވަޒީރަ ކަމަށް ހޮވިވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަން. އުއްމީދަކީ ދުނިޔޭގެ އެކި މައްސަލަތަކުގައި ގާތުން ގުޅިގެން މަސައްކަތް ކުރުން،" ރިޝީ ސުނަކަށް މަރުހަބާ ވިދާޅުވެ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސުނަކުގެ ކާމިޔާބީއަށް ތައުރީފުކުރައްވަމުން މޯދީ ވަނީ ތާރީހީ ގުޅުންތައް ޒަމާނީ ޕާޓްނަޝިޕަކަށް ބަދަލުވަމުންދާކަމަށް ސިފަކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން