އަހުމަދު މަސްނޫމް   26 އޮކްޓޯބަރު 2022 - 14:9
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ރިޝީ ސުނަކްގެ ކެބިނެޓް އިއުލާންކުރައްވައިފިއެވެ.

އަންގާރަދުވަހު ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންނެވި ރިޝީ ސުނަކްގެ ކެބިނެޓް މިއަދު އިއުލާންކުރެއްވިއިރު އެންމެ ފަހުން ބޮޑުވަޒީރަކަށް ހުންނެވި ލިޒް ޓްރަސް އައްޔަންކޮށްފައި އޮތް ކެބިނެޓަށް މާބޮޑު ބަދަލުތަކެއް ގެންނަވާފައެއް ނުވެއެވެ.

މާލީ ވަޒީރު ނުވަތަ ޗާންސެލަރގެ މަގާމަށް އައްޔަންކުރެއްވީ ކުރިންވެސް އެމަގާމުގައި ހުންނެވި ޖެރެމީ ހަންޓްއެވެ.

ހާރިޖީ ވަޒީރު ނުވަތަ ފޮރިން ސެކްރެޓަރީގެ މަގާމަށްވެސް ބަދަލެއް ނުގެންނަވައެވެ. އެމަގާމުގައި ހުންނެވީ ޖޭމްސް ކްލެވަރލީއެވެ. އޭނާއަކީ ރިޝީ ސުނަކްގެ ބަދަލުގައި ބޮރިސް ޖޮންސަން ބޮޑު ވަޒީރުކަމުގެ މަގާމަށް ގެންނަން ތާއީދުކުރި މީހެކެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބެން ވެލްލަސް އާއި ހޯމް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސުއެލްލާ ބްރެވަމޭންވެސް ވަނީ މަގާމުގައި ބަހައްޓާފައެވެ.

މި ބޭފުޅުންގެ އިތުރުންވެސް ކުރީގެ ކެބިނެޓްގައި ތިއްބެވި އެހެން ބައެއް މެމްބަރުންވެސް މަގާމުތަކުގައި ބަހައްޓާފައެވެ.

ކެބިނެޓްގެ އެހެން މަގާމުތަކަށް ބަލާއިރު ބޮޑުވަޒީރުގެ ނާއިބަކީ ޑޮމިނިކް ރާބްއެވެ. އެންވަޔަރަމެންޓް ސެކްރެޓަރީއަކަށް ހަމަޖައްސާފައިވަނީ ތެރީސާ ކޮފޭއެެވެ. ބިޒްނަސް ސެކްރެޓަރީއަކީ ގްރާންޓް ޝަޕްސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން