ބުރުގާ އަޅަންޖެހޭ ގޮތާއި ހިލާފުވި ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށް ބަންދުގައި ހުއްޓައި މަރުވި މަހްސާ އަމީނީ މަރުވިތާ 40 ދުވަސް ފާހަގަކޮށް ހިތާމަފާޅުކުރަން އެއްވެ ތިބި މީހުންނަށް އީރާނުގެ ފުލުހުން ހަމަލާދީފިއެވެ.

މަހްސާ މަރުވިތާ 40 ދުވަސް ވެގެން އެހިތާމައިގައި އެތައް ހާސް ބަޔަކު ވަނީި މަހްސާގެ މަހާނަ ކައިރުއަށއމް ގޮސް ހިތާމަ ފާޅުކުރުމުގައި ބައިވެރިވެފައެވެ. އެއްވެ ތިބި މީހުންނަށް އަމާޒުކޮށް އީރާނުގެ ފުލުހުން ކަރުނަ ގޭހާއި ބަޑި ޖަހާފައިވާކަމަށް އިންސާނީ ހައްގުތައް ހިމާޔަތްކުރާ އެކްޓިވިސްޓުންނާއި، މަންޒަރު ދުށް މީހުން ހާމަކޮށްފައިވެއެވެ.

އުމުރުން 22 އަޖަރުގެ މަހްސާ އަމީނީ މަރުވެފައިވަނީ ހުސްވިމަހުގެ 16 ވަނަ ދުވަހުއެވެ. އީރާނުގެ ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި މަހްސާ މަރުވެފައިވާއިރު، ފުލުހުން އޭނާގެ ބޮލަށް އެކި ވަރުގެ އަނިޔާ ދިންކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ މިތުހުމަތުތައް ދޮގުކޮށް، މަހްސާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ބުނެފައެވެ.

ލައިގެން ހުރި ހެދުމަކާއި ގުޅިގެން، ހަރުކަށި ވިސްނުމުގެ ބަޔަކު ޒުވާން އަންހެނަކު ހައްޔަރުކޮށް މަރާލުމާއިއެކު މުޅި އީރާނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

މަހްސާ މަރުވިތާ 40 ދުވަހުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އެއްވާން ރޭވުމާއެކު، ބުދަ ދުވަހު، އީރާނުގެ ސަލާމަތީ ބާރުތައް ވަރުގަދަކޮށްް މަހްސާ އަމީނީ ވަޅުލާފައިވާ ޕްރޮވިންސްގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން