އަހުމަދު މަސްނޫމް   27 އޮކްޓޯބަރު 2022 - 12:5
ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ރަޝިޔާއިން ފުރަތަމަ ފަހަރަށް ނިއުކްލިއަރ ޑްރިލެއް ބާއްވައިފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ނިއުކްލިއަރ ޑްރިލް ވަނީ އެ ގައުމުގެ ރައީސް ވްލަޑިމޭރު ޕުޓިން ވަރަށް ގާތުން ބައްލަވާފައެވެ. އަނެއްކޮޅުން ރަޝިޔާއިން މި ޑްރިލް ބާއްވާފައި މިވަނީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ހަބަރުތައް ބުނާގޮތުން މި ޑްރިލްގެ ތެރެއިން ބެލަސްޓިކް އަދި ކުރޫޒް މިސައިލްތައް ވަނީ ބޭނުންކޮށްފައެވެ. އަދި ސޮއިކޮށްފައިވާ މުއާހަދާއަކާއި ގުޅިގެން ނިއުކްލިއަރ ޑްރިލްގެ މައުލޫމާތު ރަޝިޔާއިން އެމެރިކާއިން ވަނީ ދީފައެވެ.

ރަޝިޔާއިން ނިއުކްލިއަރ ޑްރިލެއް ބާއްވާފައި މިވަނީ ޔޫކްރެއިން ނުރައްކާތެރި "ޑަރޓީ" ބޮމެއް ގޮއްވާލަން އުޅޭކަމަށް ރަޝިޔާއިން ތުހުމަތުކުރިތާ ދުވަސްތަކެއް ފަހުންނެވެ. ނަމަވެސް ޔޫކްރެއިން ބުނާގޮތުން އެފަދަ ބޮމެއް ރަޝިޔާއިން ގޮއްވާލުން މާ ގާތެވެ.

ރަޝިޔާއިން ނިއުކްލިއަރ ޑްރިލެއް ބާއްވާފައިވާއިރު އެންމެފަހުން ރަޝިޔާއިން ނިއުކްލިއަރ ޑްރިލެއް ބޭއްވީ ޔޫކްރެއިންއަށް އަރައިގަތުމުގެ 5 ދުވަސް ކުރިންނެވެ.

ރަޝިޔާގެ އިތުރުން ނޭޓޯއިންވެސް ދަނީ ތަމްރީންތަކެއް ކުރިއަށްގެންދަމުންނެވެ. ހުޅަނގު އުތުރު ޔޫރަޕްގައި ކުރިއަށްދާ މި ތަމްރީންތަކުގައި 14 ގައުމަކުން ދަނީ ބައިވެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން