12 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރުމަށްފަހު މަގުމައްޗަށް އެއްލާލާފައި އޮއްވާ އެހީވުމުގެ ބަދަލުގައި އެކުއްޖާގެ ވީޑިއޯކޮށް ހަދަމުންދިޔަ ބަޔަކަށް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރުޕްރަދޭޝްގެ އަވަށެއްގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވިޑިއޯއިން ފެންނަނީ ރޭޕްކުރުމަށްފަހު މަގުމައްޗަށް އެއްލާލާފައި އޮތް ކުޑަ އަންހެން ކުއްޖަކު ވަށާލައިގެން ތިބެ ފިރިހެނުންތަކެއް އެކުއްޖާ ވީޑިއޯ ކުރަމުންދާ މަންޒަރެވެ

ލޭފައިބަމުން ދިޔައިރު އެހީއަށް އެދި އާދޭސް ކުރަމުން ދިޔަ ކުޑަކުއްޖާއަށް އެހީވުމުގެ ބަދަލުގައި ފޯނުތައް ނަގައިގެން އެމީހުން ގެންދިޔައީ އެކުއްޖާގެ ވިޑިއޯ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މިވީޑިއޯއަމީ 25 ސިކުންތުގެ ވީޑިއޯ ކޮޅެކެވެ.

ވީޑިއޯ ފޫޓޭޖުން ފެންނަގޮތުގައި ރޭޕްކޮށް އާންމުތަނަކަށް އެއްލާލައިފައިވާ 12 އަހަރުގެ އަންހެން ކުއްޖަކު އެހީއަށް އެދެމުންދިޔައިރު، އޭނާގެ ވަށައިގެން ތިބި މީހުން، އެކުޑަކުއްޖާގެ ރުއިމަށް ބީރުކަންފަތެއްދީ، ބިޒީކޮށް ސްމާޓްފޯނުތަކުން ވީޑިއޯ ކުރަނީއެވެ.

ވީޑިއޯގެ ވަކި ހިސާބަކުން، ފުލުހުންނަށް ގުޅައިފިތޯ ބަލަން އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު ސުވާލު ކުރާއަޑުވެސް އިވެއެވެ. އަދި އެސަރަހައްދުގެ އިސްވެރިއަަކަށް ގުޅިތޯ އަހައި ސުވާލު ކުރާތަންވެސް ފެނެއެވެ. ނަމަވެސް އަނިޔާ ލިބިފައިވާ ކުޑަ އަންހެން ކުއްޖާއަށް އެހީތެރިވުމުގެ ގޮތުން އެއްވެސް ކަމެއްކުރާން އުޅޭ މަންޒަރެއް އެއްވެފައި ތިބި އާންމުންގެ ފަރާތުން ފެނިގެނެއް ނުދެއެވެ.



ޖިންސީ އަނިޔާކޮށް އެއްލާލާފައި އޮތް ކުޑަ އަންހެން ކުއްޖާއަށް އެހީތެރިކަން ލިބެނީ އެސަރަހައްދަށް ދިޔަ ފުލުހުންގެ އިސް އޮފިސަރެއްގެ ފަރާތުންނެވެ. އެގޮތުން ފުލުސް އޮފިސަރު ވަނީ މަގުމަތިންދިޔަ އޮޓޯ ރިކްޝާއެއްގައި އެކުޑަކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހާދިސާ އާއި ގުޅިގެން އިންޑިއާގެ ފުލުހުންގެ ރަސްމީ ބަހެއް އާންމުކޮށްފައި ނުވިނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ އެކުޑަ ކުއްޖާ މަގުމައްޗަށް އެއްލާލާފައި ވަނީ ގޭންގަކުން ރޭޕް ކޮށްފައިކަމަށް ރިޕޯޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން