އިޓަލީވިލާތުގެ ސުޕަރމާކެޓެއްގައި ތޫނު އެއްޗަކުން ދިން ހަމަލާެއްގައި ޒަހަމްވި މީހުންގެ ތެރޭގައި އާސެނަލްގެ ކުޅުންތެރިއެއް ހިމެނޭކަމަށް ރިޕޯޓުކޮށްފިއެވެ.

މިހާދިސާގައި އެކަކު މަރުވެފައިވާއިރު އިތުރު ފަސް މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ތެރޭގައި އާސެނަލްގެ ޑިފެންޑަރުގެ މަގާމަށް ކުޅެމުން އަންނަ ފުޓްބޯޅަ ކުޅުންތެރިއާ ޕަބްލޯ މާރީ ހިމެނޭކަމަށް އާސެނަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އާސެނަލުން ވަނީ ޕަބްލޯގެ އޭޖެންޓާ ހަވާލާދީ، ޕަބްލޯ ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންކަން ހާމަކޮށްފައެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް އާސެނަލުން ބުނެފައިވެއެވެ.



މިހާދިސާގައި ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ 46 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާދިން މީހާއަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. އަދި އޭނާ ހަތިޔާރު ހޯދީ ސުޕަމާކެޓުތެރެއިންކަމަށްވެސް ގިނަބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން