އިންޑޮނޭޝިއާގައި ގެއްލިގެން ހޯދަމުންދިޔަ އަންހެނަކު، 22 ފޫޓުގެ ހަރުފައެއްގެ ބަނޑު ތެރެއިން ފެނިއްޖެ އެވެ.

އުމުރުން 54 އަހަރުގެ ޖަހްރާ ނަމަކަށް ކިޔާ މި އަންހެން މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. އޭނާ ގެއްލުނީ ވަޒީފާއަށް ދިޔަ މަގުމަތީގައެވެ.

ޖަހުރާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ޖަހުރާގެ ފިރިމީހާއަށް އޭނާގެ އަންހެނުން އަރައިގެން ދިޔަ ފައިވާނާއި، އަޅައިގެންދިޔަ ބުރުގާއެއްގެ އިތުރުން އޭނާ ގެންގުޅޭ ވަޅިއެއް މަގުމަތިން ފެނުމާއެކުއެވެ.

މިއާއެކު ޖަހުރާ ހޯދަމުންދަނިކޮށް ޖަހުރާގެ ހަށިގަނޑު ފެނިފައިވަނީ ޕައިތަންއެއްގެ ބަނޑުގެ ތެރެއިން ކަމަށް އިންޑޮނޭޝިއާގެ ފުލުހުންގެ އިސްވެރިއަކު ވަނީ ހާމަކޮށްފައެވެ.

"ޖަހުރާ ހޯދަމުން ދަނިކޮަށް ފެނުނީ ޖަހުރާ ކާލައިފައިވާކަމަށް ޝައްކު ކުރެވޭ 7 މީޓަރު ދިގު ޕައިތަނެއް. ދެން ޓީމުން ވަގުތުން ހަރުފަ ހިފަހައްޓައި ގެއްލުނު މީހާ ހަރުފައިގެ ބަނޑުގައިވޭތޯ ޔަގީން ކުރުމަށް މަސައްކަތް ފެށި."

"ހަރުފައިގެ ބަނޑުތެރެ ބަލައިފާސްކުރިއިރު ގެއްލިގެން ހޯދަމުންދިޔަ ޖަހުރާ އެންމެ ފަހުން ފެނުނީ ހަރުފައިގެ ބަނޑުން." ފުލުހުންގެ އިސް ވެރިޔާ ބުނެފައި ވެއެވެ.

ހަރުފައިގެ ބަނޑުގެ ތެރެއިން ޖަހުރާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ހަށިގަނޑު އަދި ހަލާކުނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ހަރުފަ އެއަންހެން މީހާ ކާލައިފައިވާތާ މާގިނަ އިރެއް ނުވާކަމަށް ފުލުހުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ފާއިޒާ

28-Oct-2022

16ފޫޓުގެހަރުފައެއް22ފޫޓެއްނޫން



ޓްރެންޑިން