ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ އެތައް ހާސް ސަޕޯޓަރުން މަގުތައްމައްޗަށް ނިކުމެ އަނެއްކާވެސް މުޒާހަރާ ކުރަންފަށައިފިއެވެ.

ހުކުރު ދުވަހު ފެށި މިމުޒާހަރާތަކުގެ ބައިވެރިންވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިސްރާބު ޖަހާފައެވެ. މިމުޒާހަރާތަކުގައި އަވަސް އިންތިޚާބެއް ބާއްވަން ޑިމާންޑް ކުރަމުންދެއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ މިއަހަރުގެ އޭޕްރީލް މަހު، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކާއެކު ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ޚާން ވިދާޅުވާ ގޮތުގައި އޭޕްރީލް މަހު ޕާލަމެންޓުން ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގައި އޭނާ މަގާމުން ދުރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، އެއީ އެމެރިކާގެ އެހީތެރިކަމާއެކު ސިޔާސީ އިދިކޮޅު ފަރާތްތަކުން ރޭވި ރޭވުމެއް ކަމަށެވެ.

މިއާއެކު ޚާންގެ ސަޕޯޓަރުން މަގުތައްމަތީގައި ކުރަންފެށި މުޒާހަރާތައް މަޑު ޖައްސާލުމަށްފަހު، އަނެއްކާވެސް މިވަނީ މުޒާހަރާތައް ފަށާފައެވެ. ޚާންގެ ސަޕޯޓަރުންގެ މުޒާހަރާތައް ހޫނުވެ ހަލަބޮލި ވެދާނެކަމަށް ގިނަބަޔަކު ލަފާކުރަމުންދާއިރު، ހުކުރުދުވަހު ޕާކިސްތާނުގެ ލާހޯރުން، އެތައް ސަތޭކަ ޓްރަކާއި ކާރުތަކެއްގައި، އަދި އަނެއްބަޔަކު ހިނގާފައި ފެށި މިމުޒާހަރާގައި 10،000 އެއްހާ މީހުން ބައިވެރިވަމުންދާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން