ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދިނުމަށް ބަލިމީހަކު ބޮޑުވަޒީރު އަރިހުގައި އެދިއްޖެއެވެ.

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އަރިހުން ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދިފައި ވަނީ ލަންޑަންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ ބަލިމީހަކެވެ. އެގޮތުން އޭނާ ވަނީ ސަރުކާރުން ނަރުހުންނަށް އިތުރަށް މުސާރަ ނުދިނުމަކީ ހިތާމައެއް ކަމަށާއި އެމީހުންގެ މުސާރަ ބޮޑުކޮށްދިނުމަަަށް ބޮޑުވަޒީރު ރިޝީ ސުނާކް ވަރަށް ބޮޑަށް މަސައްކަތްކުރަށްވަން ޖެހޭނެކަމަށް ބުނެފައެވެ.

އޭނާ މިފަދައިން ބޮޑުވަޒީރު ގާތު އެދިފައިވަނީ، ބޮޑުވަޒީރު ސުނާކް އެ އަންހެންމީހާއާ ސުވާލުކުރިއިރު ހޮސްޕިޓަލް ސްޓާފުން އޭނާ ބަލަހައްޓަމުންދާ ގޮތާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ.

"އެމީހުން ވަރަށް ރަނގަޅު. ހިތާމައަކީ އެމީހުންނަށް ލިބެންވާވަރަށް މުސާރަ ނުދިނުން."

މީގެ އިތުރުން، ހެލްތު ސާވިސް ރަނގަޅަށް ބަލަހައްޓައި، ނަރުހުންނަށް އެހީތެރިވުމަށް ބޮޑުވަޒީރު ރިޝީ ސުނާކް އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ ބަލިމީހާ ބުންޏެވެ.



ބަލިމީހާއަށް ޖަވާބުދެމުން ސުނާކް ވަނީ އޭނާގެ ސަރުކާރުން ސިއްހީ ހިދުމަތްތެރިންގެ ހަައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން