ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ނައިޓްލައިފް އޭރިއާގެ ހަނި މަގުތައްމައްޗަށް، ރޭ ހެލޯވީން ފާހަގަކުރަން އެއްވި މީހުން ގިނަވެ، ފިތިބާރުވެ ގިނަބަޔަކު މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ސޯލްގެ އިތެވޮން ޑިސްޓްރިކްޓްގައި ހިނގާދިޔަ މިހާދިސާގައި ހެލޯވީން ފާހަގަ ކުރަމުން ދިޔަ 149 މީހުން މަރުވި ކަމަށް ސޯލްގެ އޮފިޝަލުން ބުނެފައިވެއެވެ.
މީގެ އިތުރުން 65 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޔޮންގްސަން ފަޔަރ ސްޓޭޝަންގެ ވެރިޔާ ޗޮއި ސުންގް-ބެއޯމް ވަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ބޭއްވި ބްރީފިންގައި ބުނެފަ އެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން 19 މީހުންގެ ހާލު ސީރިއަސް ކަމަށާއި އެމަޖެންސީ ފަރުވާ ހޯދަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވި އިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މިއީ ކޯވިޑްގެ ހަރުކަށި ގަވާއިދުތަކަށްފަހު، މިދިޔަ ތިން އަހަރު ތެރޭގައި ސޯލްގައި ބޭއްވި ފުރަތަމަ ހެލޯވީން އިވެންޓެވެ. މިއިވެންޓުގައި ބައިވެރިވަމުންދިޔަ ގިނަ ޒުވާން އުމުރުފުރައިގެ މީހުން ތިބީ މާސްކާއި ހެލޯވީން ކޮސްޓިއުމް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު