ކުރިއަށްއޮތްތަނުގައި ޗާގޯސްގެ ރަށްތަކުގެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް މޮރިޝަސްއާއެކު މަޝްވަރާތައް ފެށުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފިއެވެ.
ޗާގޯސްއަކީ 1814 ވަނަ އަހަރުން ފެށިގެން އިންޑިއާ ކަނޑުގައި އޮންނަ އިނގިރޭސިވިލާތުގެ ސަރަހައްދެކެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީ ވިދާޅުވީ ޗާގޯސްއާ ގުޅޭގޮތުން އުފެދިފައިވާ ހުރިހާ މައްސަލަތަކެއް މަޝްވަރާކޮށް ހައްލުކުރަން އިނގިރޭސި ސަރުކާރުން ބޭނުންވާކަމަށެވެ. އަދި އެމެރިކާއާއި އިނގިރޭސިން ގުޅިގެން ޗާގޯސްގެ ޑިއެގޯ ގާސިއާގައި ހިންގާ މިލިޓަރީ ބޭސް އެގޮތުގައި ބޭއްވޭނެކަން ޔަގީންކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
1966 ވަނަ އަހަރު އިނގިރޭސިން ޑިއެގޯ ގާސިއާގައި މިލިޓަރީ ބޭސް ހެދުމަށް އެ ރަށުގައި ތިބި ހާހެއްހާ މީހުން ބޭލިއެވެ. ޗާގޯސިއަނުންނޭ ކިޔުނު މި މީހުން ދަނީ އެ ރަށްތައް އަނބުރާ ހޯދުމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެ މީހުން ބުނާގޮތުން ޗާގޯސިއަނުންނާއި މޮރިޝަސްއަކާއި ގުޅުމެއް ނެތެވެ.
ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިންގެ މިނިވަންކަން ލިބުނު މޮރިޝަސްއިން ދަނީ އެއީ އެ ގައުމުގެ ތަނެއްކަމަށް ބުނަމުންނެވެ.
އދގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އިނގިރޭސިން ޗާގޯސްގައި ތިބެނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށްކަމަށް ކަނޑައަޅާފައެވެ. ނަމަވެސް މިހާތަނަށް އައިރުވެސް ޗާގޯސްއިން ފޭބުމުގެ އެއްވެސް ވާހަކައެއް އިނގިރޭސިވިލާތުން ދައްކާފައެއް ނުވެއެވެ.
ނަމަވެސް އިނގިރޭސިވިލާތުގެ މިހާރުގެ ސަރުކާރުން ވަނީ ޗާގޯސްގެ މައްސަލާގައި މޮރިޝަސްއާއެކު މަޝްވަރާތައް ފަށަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި އަންނަ އަހަރު ކުރީކޮޅު އެއްބަސްވުމަކާއި ހަމައަށް ދިއުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު