ޔޫކްރެއިންއާއި ރަޝިޔާގެ ހަނގުރާމަ ފެށުމުގެ ކުރިން އީރާނުން ރަޝިޔާއަށް ޑްރޯންތަކެއް ފޯރުކޮށްދިންކަމަށް އީރާނުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

ރަޝިޔާއަށް ޑްރޯން ފޯރުކޮށްދިންކަމަށް އީރާނުން އެއްބަސްވެފައި މިވަނީ، ޔޫކްރެއިނަށް ހަމަލާދިނުމުގައި އީރާނުގެ ޑްރޯން ބޭނުންކުރާކަމަށް ހުޅަނގުގެ ބައެއް ޤައުމުތަކުން މީގެކުރިން ތުހުމަތުކޮށްފައިވަނިިކޮށެވެ. އަދި މީގެކުރިން އީރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ހޮނިހިރުދުވަހު އީރާނުގެ ފޮރިން މިނިސްޓަރ ނެރުއްވި ބަޔާނެއްގައިި ވިދާޅުވީ އީރާނުން ރަޝިޔާއަށް މިސައިލްތަކެއް ފޮނުވިކަމަށް ބުނާ ވާހަކައަކީ ދޮގު ވާހަކަތަކެއްކަމަށާއި، ނަމަވެސް ޑްރޯންތަކެއް ފޮނުވި ވާހަކައަކީ ތެދެއްކަމަށެވެ. އަދި ޑްރޯންތައް ފޮނުވާފައިވަނީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިންކަމަށްވެސް އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

ހަބަރުތައް ބުނާގޮތުން ޔޫކްރެއިންނަށް ހަމަަލާދިނުމުގައި ޑްރޯންއަކީ ރަޝިޔާ އަސްކަރިއްޔާއަށް މުހިއްމު ދައުުރެއް އަދާކޮށްދޭ އެއްޗެކެވެ. ނަމަވެސް ޔޫކްރެއިނަށް ހަމަލާދިނުމުގައި ރަޝިޔާއިން ބޭނުންކުރަނީ އީރާނުން ފޯރުކޮށްދިން ޑްރޯންތަކެއްކަމަށް ޔަގީނެއް ނޫނެވެ.

ހަބަރުތައް ބުނާގޮތުން މިދިޔަ ހަފްތާގައިވެސް ޔޫކްރެއިން އަސްކަރިއްޔާއިން ވަނީ ރަޝިޔާއިން ހަމަލާދޭން ފޮނުވި 300 އަށްވުރެ ގިނަ ޑްރޯން ވައްޓާލާފައެވެ. ޔޫކްރެއިންގެ ބައެއް އޮފިޝަލުންވެސް ތުހުމަތުކުރާ ގޮތުގައި މިއީ އީރާނުން އުފައްދާފައިވާ ޑްރޯންތަކެކެވެ.

އީރާނުގެ ހަރަކާތްތައް ގާތުން ބަލަމުންދާ ހުޅަނގުގެ ގައުމެއްގެ އޮފިޝަލަކު ވިދާޅުވީ އިތުރު ޑްރޯންތަކާއި ބެލެސްޓިކް މިސައިލްތައް ރަޝިޔާއަށް ފޮނުވުމަށް އީރާނުން ތައްޔާރުވަމުންދާކަމަށެވެ. އަދި އީރާނުން ރަޝިޔާއަށް އެންމެފަހުން ފޮނުވި ޝިޕްމަންޓްގައިވެސް 450 ޑްރޯން ފޮނުވިކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން