މިމަހު 19 ވަނަ ދުވަހު އޮންނަ މެލޭޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް އެ ޤައުމު ސިޔާސީ ޕާޓީތަކުން ކެމްޕެއިން ފަށައިފިއެވެ.
ހަބަރުތައް ބުނާގޮތުން ބަރުލަމާނީ ނިޒާމެއް އޮންނަ މެލޭޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ފުރިހަމަ އަޣުލަބިއްޔަތު ލިބޭ ވަރަކަށް އެއްވެސް ބަޔަކަށް ތާއީދެއް ނެތެވެ. އެހެންކަމުން ސަރުކާރެއް އުފައްދާނީ ކޯލިޝަނެއްގެ ތެރެއިންކަމަށް ބެލެވޭކަމުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިމަހުގެ 19 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 21 މިލިއަން މީހުންނަށް ލިބިގެންވެއެވެ.
އެންމެފަހުން 2018 ވަނަ އަހަރު އާއްމު އިންތިހާބު ބޭއްވިފަހުން މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް 3 ބޭފުޅަކު ވަނީ ވަޑައިގެންފައެވެ.
އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މިއަދު ފަށާފައިވާއިރު ބޮޑުވަޒީރަކަށް މިހާރުވެސް ހުންނެވި އިސްމާއިލް ސަބްރީއާއި، ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދާއި، ސިޔާސީ ލީޑަރު އަންވަރު އިބްރާހިމްވެސް މި އިންތިހާބުގައި ވާދަކުރައްވައެވެ. އެހެންކަމުން މިއީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެކަމަށް ހަބަރުތައް ބުނެއެވެ.
އާއްމު އިންތިހާބަކާއި ދިމާލަށް މެލޭޝިޔާ ދާއިރު އެ ޤައުމުގެ އިޤްތިޞާދީ ދުވެލި ވަނީ މަޑުޖެހިފައެވެ. އަދި އިންފްލޭޝަން މައްޗަށް ގޮސް، ސެންޓްރަލް ބެންކުން ވަނީ އިންޓްރަސްޓް ރޭޓްތައް މިމަހު 4 ވަނަ ފަހަރަށް މަތިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު