ސްރީލަންކާގެ ކްރިކެޓް ކުޅުންތެރިޔާ، ދަނުޝްކާ ގުނަތިލަކާ، އޮސްޓްރޭލިއާގެ ސިޑްނީ އިން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އަންހެނަކު ހުށައެޅި މައްސަލަ އަކާއި ގުޅިގެންކަމަށްވެއެވެ.

ސިޑްނީގައި އިންގްލެންޑާ ދެކޮޅަށް ކުޅުނުއިރު ދަނުޝްކާ ހުރީ ސްރީލަންކާގެ ކްރިކެޓް ޓީމާ އެކުގަ އެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މެޗަށް ފަހު ޓީމާއެކު ހޮޓަލުގައި ހުއްޓައެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ކްރިކެޓް ތަރީގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ހަތަރު ދައުވާއެއް އުފުލާފައެވެ. އެ ދައުވާގެ ތެރޭގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުންވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް މިފަދަ ތުހުމަތެއްކޮށްފައިވަނީ ޑޭޓިން އެޕެއް މެދުވެރިކޮށް ދަނުޝްކާ އާއި ބައްދަލުވި އުމުރުން 29 އަހަރުގެ އަންހެނަކު އެވެ.

މިހާދިސާ ހިނގާފައިވަނީ މި ހަފްތާގެ ކުރީކޮޅު ސިޑްނީގެ ގެއެއްގެ ތެރޭގައެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރަން ހަމަޖެހިފައިވާއިރު، ދަނުޝްކާ ފިޔަވާ ލަންކާގެ ކްރިކެޓް ޓީމް މިހާރު ވަނީ ޝެޑިއުލާ އެއްގޮތަށް ސިޑްނީ އިން ފުރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން