މަޝްހޫރު ވިޔަފާރިވެރިއާ، އީލަން މަސްކް ކުންފުންޏާއި ހަވާލުވިފަހުން ޓްވިޓާގެ ވެރިފިކޭޝަނަށް ފީއެއް ނަގަން ނިންމި ނިންމުން ޓްވިޓާއިން އެންމެ ފަހުން ހަގީގަތަކަށް ހަދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޕަލްގެ ޑިވައިސްތަކަށް އައި އެންމެ ފަހުގެ އަޕްޑޭޓާއެކުއެވެ. އެގޮތުން މިބަދަލާއެކު، ޓްވިޓާގެ ވެރިފިކޭޝަން ހޯދުމަށް އެދޭ ކޮންމެ ޓްވިޓަރ ޔޫޒަރ އަކު، މަހަކު 7.99 ޑޮލަރު ދައްކަން ޖެހޭނެއެވެ.

ޓްވިޓަރގެ ޕޮލިސީއަށް ގެނައި މިބަދަލާއެކު ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުގެ ތެރޭގައި ފޭކް ނުވަތަ ބޮޓް އެކައުންޓްތައް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. އަދި ސަރުކާރުގެ ފަރާތްތަކާއި، މަޝްހޫރު ނުފޫޒުގަދަ އެކި ފަރާތްތަކާއި، ނޫސްވެރިންނާއި، ބްރޭންޑްތައް ނަމުގައި ތައްޔާރުކުރާ ފޭކް އެކައުންޓަކުންވެސް މަހު ފީއެއް ދައްކައި ޓްވިޓާ ވެރިފައި ކުރެވިދާނެކަމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

މީގެކުރިން، ޓްވިޓާގެ ވެރިފިކޭޝަނާއެކު ލިބޭ ބްލޫ ޓިކް ލިބެނީ ހަމައެކަނި މަތީ ފެންވަރުގެ ނުވަތަ ނުފޫޒުގަދަ ފަރާތްތަކާއި، ޖަމިއްޔާތަކަށް - އެމީހުންގެ އައިޑެންޓިޓީ ސާބިތު ކުރުމާއެކުއެވެ. ވެރިފައި ކުރުމާއެކު، އެޓްވިޓަރ ޔޫސަރ އަކީ ސައްހަ އެއްޗެއް ކަމުގެ ނިޝާނެއްގެ ގޮތުގައި ފާހަގަވެގެން ދިއުމާއި، ޓްވިޓަރ މެދުވެރިކޮށް އިތުބާރު ހުރި މައުލޫމާތު ދެނެގަތުމަށް އެހީތެރިވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން