ތިމާވެށީގެ މައްސަލަތަކާއި ބެހޭ ބައިނަލްއަގުވާމީ އެންމެ ބޮޑު ބައްދަލުވުން ނުވަތަ ކޮންފަރެންސް އޮފް ދަ ޕާޓީސް، ކޮޕްގެ 27 ވަނަ ސަމިޓް މިއަދު ވަނީ މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝަރަމް އައްޝާއިހްގައި ފަށާފައެވެ.
2 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 120 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެއެވެ.
Egyptian Foreign Minister Sameh Shoukry officially receives the COP presidency from the former President @AlokSharma_RDG#COP27 #TogetherForImplementation pic.twitter.com/JweOhUMTec
— COP27 (@COP27P) November 6, 2022
މި ސަމިޓު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ އެންމެފަހުން އދއިން އާއްމުކުރި "ގްލޯބަލް ކްލައިމެޓް ރިޕޯޓް" ގައި ސައިންސްވެރިން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ދުނިޔެ ހޫނުވާ މިންވަރު މަތިވަމުންދާކަމަށާއި، އަދި މިހާރު ހޫނުމިން މައްޗަށް ދާ ގޮތުން މިދިޔަ 8 އަހަރަކީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ހޫނު ގަދަވި އަހަރުތަކަށްވުން ގާތްކަމަށް ސައިންސްވެރިންނާއި ހަވާލާދީ އޭނާ ވިދާޅުވިއެވެ.
އދގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގަނޑުފެން ވިރުމާއި ހަނަފަސްކަން އިތުރުވުމަކީވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަންކަމަށް "ގްލޯބަލް ކްލައިމެޓް ރިޕޯޓް"ގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރުގެ ކޮޕް ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ މައްސަލަތަކާމެދު އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމާ ސަމިޓަކަށް ހަދަންޖެހޭކަމަށް އދގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
The last 8 years are on track to be the warmest on record.
— António Guterres (@antonioguterres) November 6, 2022
Sea levels are rising at twice the speed of the 1990s.
We must answer the planet’s distress signal with ambitious, credible #ClimateAction.#COP27 must be the place – and now must be the time. https://t.co/CQbXh8jTfD
ކޮޕް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކޮޕް ސަމިޓްގެ މި ފަހަރުގެ ރައީސް އަދި މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝޫކްރީވެސް ވާހަކަފުޅުދެއްކެވިއެވެ. އެނާގެ ވާހަކަފުޅުގައި ވަނީ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ މޫސުމީ މައްސަލަތަކާއި ދެކޮޅަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ނުހެދުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.
ކޮޕް ސަމިޓުގެ ރަސްމީ މަސައްކަތްތައް ފެށެނީ މާދަމާ އޮންނަ ދުނިޔޭގެ ލީޑަރުންގެ ސަމިޓުންނެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ލީޑަރުންގެ ސަމިޓުގައި ކޮންމެ ގައުމެއްގެ ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ތަގްރީރު ކުރެއްވުމަށް 5 މިނެޓްގެ ފުރުސަތެއް ލިބިވަޑައިގެންނަވާނެއެވެ.
"If adaptation is not met, if the issue of finance is not fulfilled, then we will continue to lag behind. There is no room except to move forward to obtain our objectives." - #COP27 President Sameh Shoukry at the COP Press Conference.#TogetherForImplementation pic.twitter.com/Fn6FwZCRnv
— COP27 (@COP27P) November 6, 2022
ލީޑަރުންގެ ސަމިޓް ނިމުމުން ގައުމުތަކުގެ ވަފްދުތަކުގެ ފެންވަރުގެ މަޝްވަރާތަކާއި ބައްދަލުވުންތަކާއި ފޯރަމްތައް ކުރިއަށްދާނެއެވެ.
ރާއްޖެ ފަދަ ތިމާވެށީގެ މައްސަލަތައް އެންމެ ބޮޑަަށް ކުރިމަތިވެފައިވާ ގައުމުތަކުން މިފަހަރުގެ ސަމިޓްގައި ވަކާލާތު ކުރާނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކަށް މާލީ އެހީތެރިކަން ހޯދުމެވެ. ފުޅާ ދާއިރާއެއްގައި ކުރެވެނު މަޝްވަރާތަކަށްފަހު މި މައްސަލަ ވަނީ މި ފަހަރުގެ ސަމިޓުގެ އެޖެންޑާގައި ހިމަނާފައެވެ.
In case you missed it - Egypt lit up Khafre Pyramid, one of the three ancient pyramids of Giza that date back 4,500 years, ahead of #COP27. #TogetherForImplementation pic.twitter.com/02RznwThWL
— COP27 (@COP27P) November 6, 2022
ރަސްމީ މަސައްކަތްތަކުގެ އިތުރުން ކޮޕް 27 ސަމިޓުގައި ޒުވާނުންނާއި އެކި އެކި ފަންނުވެރިންނާއި އިލްމީ ބޭފުޅުންގެ އެގްޒިބިޝަންތަކާއި ވޯކްޝޮޕްތަކާއި ސަގާފީ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.
ނަމަވެސް މިފަހަރު ސަމިޓުގައި އެހެން ފަހަރުތަކުގައި ފެންނަ ފަދަ މުޒާހަރާތަކެއް ނުފެނިދާނެއެވެ. ހަރުކަށި ގާނޫނުތަކެއް އޮންނަ މިސްރުގައި ދުނިޔޭގެ އެންމެ ވަރުގަދަ ލީޑަރުން ބައިވެރިވާ ސަމިޓެއް ކުރިއަށްދާއިރު މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް މިސްރުގެ ހާރިޖީ ވަޒީރު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާއި ގުޅޭ ގޮތުން އަޑު އުފުލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު