ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި ސްރީލަންކާގެ ކްރިކެޓް ކުޅުންތެރިޔާ ދަނުޝްކާ ގުނަތިލާކާ، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އިންކާރުކޮށް، މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އޮސްޓްރޭލިއާގެ ކޯޓަކުން މިއަދު އަމުރުކޮށްފިއެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ކްރިކެޓް ތަރީގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ހަތަރު ދައުވާއެއް އުފުލާފައެވެ. އެ ދައުވާތަކުގެ ތެރޭގައި 29 އަހަރުގެ އޮސްޓްރޭލިއާގެ އަންހެނަކު ރޭޕް ކުރުންވެސް ހިމެނެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަނިޔާލިނީގެން އެންމެ ފަހު މެޗުގައި ބެންޗުގައި އިން ކްރިކެޓް ތަރި ހައްޔަރުކޮށްފައިވަނީ ޓީ20 ވޯލްޑް ކަޕުން ލަންކާ ކަޓައިގެން ދިއުމާއިއެކު، އޭނާ އާއި ސްރީލަންކާ ޓީމުގެ ކުޅުންތެރިން އޮސްޓްރޭލިއާއިން ފުރަން ތައްޔާރުވަމުން ދަނިކޮށެވެ.

މިމައްސަލައާއި ގުޅިގެން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް، އޮސްޓްރޭލިއާގެ ޑައުނިންގ ސެންޓްރަލް ކޯޓުން ވަނީ މިކަމަށް އިންކާރުކޮށް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

ދަނުޝްކާގެ ވަކީލު އަނަންދާ އަމަރަނާތު ވިދާޅުވީ ދަނުޝްކާގެ ކަފާލާތުގެ މައްސަލަ ބަލައިނުގަތުމުން ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލަންކާގެ ހައިކޮމިޝަނާއި ލަންކާގެ ކްރިކެޓް ބޯޑުގެ ފުރިހަމަ ތާއީދު އޮތްކަމަށެވެ. އަމަރަނާތު މީގެކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ނިމެން އަހަރެއްހާ ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ނަގާފާނެތީ އަވަސް މުއްދަތެއްގައި އެނބުރި ލަންކާއަށް ނުދެވިއްޖެ ނަމަ ކްރިކެޓަރ ދަނުޝްކާ ވަރަށް ކަންބޮޑުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން