ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު ނުވަތަ ރައުންޑް އޮފް 16 ގައި ވަރުގަދަ ޓީމުތަކެއް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަކުރާނީ، މިދިޔަ އަހަރު އެ ޓީމާއި ދެކޮޅަށް ފައިނަލްގައި ކުޅުނު އިނގިރޭސި ގަދަބާރު ލިވަރޕޫލްއާ ދެކޮޅަށެވެ.

ފްރާންސްގެ ޗެމްޕިއަނުން އަދި މެސީފަދަ ގިނަ ތަރިންތަކެއް ހިމެނޭ ޕީއެސްޖީ ނިކުންނާނީ ޖަރުމަނު ޗެމްޕިއަން ބަޔާންއާ ދެކޮޅަށެވެ.

އެހެން މެޗުތަކަށް ބަލާއިރު އިންޓަރ މިލާން ނިކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. ބްރޫޝިއާ ޑޯޓްމަންޑް އާއި ޗެލްސީ ވާދަކުރާއިރު، ނަޕޯލީ ނިކުންނާނީ ފްރެންކްފާޓްއާ ދެކޮޅަށެވެ.

ދެވަނަ ބުރުގައި އޭސީ މިލާން ނިކުންނާނީ ޓޮޓްނަމްއާ ދެކޮޅަށެވެ. ކްލަބް ބުރޫގާ، ބެންފިކާއާ ވާދަކުރާއިރު މެންޗެސްޓަރ ސިޓީ ނިކުންނާނީ ލިޕްޒިގްއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ މެޗުތައް ފަށާނީ ނޮވެމްބަރު ފަށާ ވޯލްޑް ކަޕަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން