ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފެށުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
އިމްރާން ހާން އަވަހާރަކޮށްލަން ބަޑީގެ ހަމަލާއެއް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. އެ ހަމަލާގައި އިމްރާން ހާންގެ ފަޔަށް ވަޒަން އެރިނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
މި ހަމަލާގައި އެކަކު މަރުވިއިރު 10 ވަރަކަށް މީހުން ޒަހަމްވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އިމްރާން ހާން ވަނީ މި ހަމަލާގެ ދިނުމުގެ ފަހަތުގައި ތިބީ މިހާރުގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސްވެރިންކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ސަރުކާރުން މިކަން ދޮގުކުރެއެވެ.
ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު މިއަދު ނެރުނު އަމުރެއްގައި ވަނީ އިމްރާން ހާނަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފެށުމަށް އެ ގައުމުގެ ފުލުހުންނަށް އަންގާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަމަލާގެ ތަހުގީގު ލަސްކުރާނަމަ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
70 އަހަރުގެ އިމްރާން ހާނަށް ހަމަލާ ދީފައިވަނީ އެ ގައުމުގައި ހިނގާލުމެއް ގޮތަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. އިމްރާން ހާނަށް ހަމަލާ ދިނުމާއި ގުޅިގެން އެ މުޒާހަރާ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އޭރު އެ މުޒާހަރާ ކުރިއަށްދާތާ 7 ދުވަސްވެއްޖެއެވެ.
އިމްރާން ހާނަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް އެކަކު ވަނީ ހައްޔަރުކޮށްފައެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއްގައި އިމްރާން ހާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރީ މިދިޔަ އޭޕްރީލްމަހުއެވެ.
ޕާކިސްތާނުގެ އާއްމު އިންތިހާބުގެ އަންނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު އިމްރާން ހާނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ގޮވާލަމުންދަނީ އަވަސް އިންތިހާބެއް ބޭއްވުމަށެވެ.
ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެފައިވަނީ އިގްތިސާދީ ހީނަރުކަމެއްގައި ގައުމު އޮތް ދަނޑިވަޅެއްގައެވެ.
އިމްރާން ހާން ބޮޑު ވަޒީރުކަމުން ދުރުކުރިޔަސް އެ ގައުމުގައި އަދިވެސް ތާއީދު ބޮޑީ އޭނާއަށްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު