ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ދަތުރުކުރާ ބެންގަލޫރުގެ ކެމްޕަގައުޑާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކޮށްފައިވާ ޓަނމިނަލް 2 އަންނަ ހުކުރުދުވަހު ހުޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޓަރމިނަލް ރަސްމީކޮށް ހުޅުވައިދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.



އަލަށް ހުޅުވާ ޓަރމިނަލްއާއެކު ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު ދެ ގުނަ އިތުރުވެގެންދާނޭކަމަށް ކަމާއިބެެހޭ ފަރާތްތަކުން ބުނެއެވެ.

މިއީ ގާތްގަނޑަކަށް 600 މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މި އެއަރޕޯޓުން އަހަރަކު 20 މިލިއަނެއްހާ މީހުން ދަތުރުކުރާއިރު، އައު ޓަރމިނަލާއެކު އެ އަދަދު 60 މިލިއަނަށް އަރާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އައު ޓަރމިނަލް ތަރައްޤީކޮށްފައިވަނީ ބަގީޗާއެއް ސިފަވާފަދަ ގޮތަކަށެވެ. އަދި މި އެއަރޕޯޓަކީ އިއާދަކުރަނިވި ހަކަތަ ވަރަށް ބޮޑަށް ބޭނުންކުރާ އެއަރޕޯޓެކެވެ.



ކިޔުންތެރިންގެ ހިޔާލު