އިނގިރޭސިވިލާތުގެ ޔޯކްގައި އާއްމުންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ރަސްގެފާނު ޗާލްސް ގަޔަށް ބިސް ޖެހި މީހާ ހައްޔަރުކޮށްފިއެވެ.
ރަސްގެފާނު ޗާލްސް އަދި އަނބިކަނބަލުން ކެމީލާއާ ދިމާލަށް ބިސްތަކެއް އުކާފައިވަނީ ޔޯކްގައި އާއްމުންނާއި ސަލާމްކުރައްވަމުން ގެންދަވަނިކޮށެވެ.
ހަބަރުތައް ބުނާގޮތުން ބިސް އުކި މީހާ އެވަގުތު ގޮވަމުންދިޔައީ "މިއީ (އިނގިރޭސިވިލާތަކީ)އަޅުންގެ ލެއިން ބިނާކޮށްފައިވާ ގައުމެއް"ކަމަށެވެ.
ނޯތު ޔޯކްޝަޔާގެ ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހަބަރުތައް ބުނާގޮތުން ޗާލްސްއާ ދިމާލަށް ބިސް އުކި މީހާގެ އަމަލުތަކާއި ދެކޮޅަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ އަޑުއުފުލާފައެވެ. އަދި ރަސްގެފާނަށް އެމީހުންގެ ލޯބި އޮތްކަން ވަނީ ހާމަކޮށްފައެވެ.
ޗާލްސްއާ ދިމާލަށް ބިސް އުކި ނަމަވެސް އެމަނިކުފާނުގެ މޫނު މަތިން މާބޮޑު ނުތަނަވަސްކަމެެއް ނުފެނެއެވެ. އަދި ޝެޑިއުލްއާ އެއްގޮތަށް ދުވަހުގެ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންދަވާފައެވެ.

A protester has thrown eggs at the UK’s King Charles during a tour of the city of York in England ⬇️ pic.twitter.com/2mgQLnIvK7
— Al Jazeera English (@AJEnglish) November 9, 2022
ނޯތު ޔޯކްޝަޔާގެ ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހަބަރުތައް ބުނާގޮތުން ޗާލްސްއާ ދިމާލަށް ބިސް އުކި މީހާގެ އަމަލުތަކާއި ދެކޮޅަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ އަޑުއުފުލާފައެވެ. އަދި ރަސްގެފާނަށް އެމީހުންގެ ލޯބި އޮތްކަން ވަނީ ހާމަކޮށްފައެވެ.
ޗާލްސްއާ ދިމާލަށް ބިސް އުކި ނަމަވެސް އެމަނިކުފާނުގެ މޫނު މަތިން މާބޮޑު ނުތަނަވަސްކަމެެއް ނުފެނެއެވެ. އަދި ޝެޑިއުލްއާ އެއްގޮތަށް ދުވަހުގެ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންދަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު