ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ވެރިންގެ އަހަރީ ބައްދަލުވުން ނުވަތަ އާސިއާން ސަމިޓް ކެމްބޯޑިއާގައި ފަށައިފިއެވެ.
އާސިއާންގައި ހިމެނޭ 10 ގައުމަކީ ބުރުނާއީ، ކެންބޯޑިއާ، ލާއޯސް، އިންޑޮނޭޝިޔާ، މެލޭޝިޔާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑު، ވިއެޓުނާމު އަދި މިޔަންމާއެވެ. ނަމަވެސް މިލިޓަރީ ވެރިކަމެއް ހިންގާ މިޔަންމާއަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދައުވަތު ދީފައެއް ނުވެއެވެ.
ހަބަރުތައް ބުނާގޮތުން މިއަހަރުގެ ސަމިޓުގައި ވެސް އެންމެ ބޮޑަށް މަޝްވަރާ ކުރާނީ މިޔަންމާގެ ހާލަތާއި ގުލޭގޮތުންނެވެ. އާސިއާންގެ ގައުމުތަކުން މިޔަންމާގައި ސުލްހަ ގާއިމްކުރުމަށް މިދިޔަ އަހަރު ހުށަހަޅާފައިވާ ޕްލޭންތަކަށް އެ ގައުމުން އެއްބާރުލުން ނުދޭތީ އާސިއާންގެ ބައެއް މެމްބަރު ގައުމުތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިޔަންމާގެ މައްސަލައިގެ އިތުރުން ދެ ކޮރެޔާގެ މެދުގައި އޮތް މައްސަލަތަކާއި ސައުތު ޗައިނާ ކަނޑާއި ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކާއި ގުޅޭގޮތުންވެސް މި ސަމިޓުގައި މަޝްވަރާ ކުރާނެއެވެ. މީގެއިތުރުން ކޯވިޑުން އަރައިގަތުމަށް ކުރެވޭ މަސައްކަތާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ކަންކަމާއި ގުޅޭގޮތުންވެސް މި ސަމިޓުގައި މަޝްވަރާ ކުރާނެއެވެ.
މި ސަމިޓުގައި މިޔަންމާ ފިޔަވައި އާސިއާންގެ ހުރިހާ ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޗައިނާގެ ޕްރިމިއާރ ލީކިއާންގ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، ދެކުނު ކޮރެއާގެ ރައިސް ޔޫން ސުކް އަދި ރަޝިޔާ ހާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް މާދަމާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު