ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ވެރިންގެ އަހަރީ ބައްދަލުވުން ނުވަތަ އާސިއާން ސަމިޓުގައި އާސިއާނުގެ 11 ވަނަ މެމްބަރު ގައުމަކަށް އީސްޓް ޓިމޯރ ބަލައިގެންފިއެވެ.

ބައްދަލުވުމަށްފަހު އާންމުކޮށްފައިވާ ބަޔާނުގައި އީސްޓް ޓިމޯރ އަކީ އާސިއާނުގެ އޮފިޝަލް އޮބްޒަރވަރެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ވަނީ ހާމަކޮށްފައިވެއެވެ.

"އަޅުގަނޑުމެން އެއްބަސްވީ ޓިމޯ ލެސްޓޭ އަކީ އާސިއާންގެ 11 ވަނަ މެމްބަރު ކަމަށް ބަލައިގަތުމަށް،" ބަޔާނުގައި ބުނެފައި ވަނީ ދެން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި އަންނަ އަހަރުގެ ސަމިޓުގައި "ފުލް މެމްބަޝިޕްގެ ރޯޑްމެޕެއް" ހުށައެޅުން ހިމެނޭނެ ކަމަށެވެ.

ޓިމޯރ-ލެސްޓޭ ނުވަތަ އީސްޓް ޓިމޯރަކީ ޓިމޯރ ޖަޒީރާގެ ދެބައިކުޅަ އެއްބައި ހިފާފައިވާ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމެކެވެ. އދ އިން ވަނީ 2002 ވަނަ އަހަރު، އާބާދީގައި 1.3 މިލިއަން މީހުން ހިމެނޭ ޓިމޯރ-ލެސްޓޭ ނުވަތަ އީސްޓް ޓިމޯރަކީ ވަކި ގައުމެެއްގެ ގޮތުގައި ބަލައިގެންފައެވެ.

އާސިއާންގެ މެމްބަރު ގައުމެއްގެ ގޮތުގައި އީސްޓް ޓިމޯރ ބައިވެރިވުމަށް ރަސްމީކޮށް އެދިފައިވަނީ 2011 ވަނަ އަހަރު އެވެ.



ކިޔުންތެރިންގެ ހިޔާލު