ޔުކްރެއިނުގެ ދެކުނުގެ މުހިއްމު ސިޓީއެއްކަމަށްވާ ޚަރސަންގެ ބާރުތައް ފުރިހަމައަށް ދޫކޮށްލިކަމަށް ރަޝިޔާއިން ބުނުމުން ޚަރސަން ގެ ރައްޔިތުން ޔޫކްރޭންގެ ސިފައިންނަށް މަރުޚަބާ ކިޔައި އުފާފާޅުކޮށްފިއެވެ.
ޚާރސަން ސިޓީން އާންމު ވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޔޫކްރެއިންގެ ސިފައިން އެސިޓީއަށް އައުމާއެމު ޔޫކްރޭންގެ ގައުމީ ދިދަ އުފުލާ، މަގުމައްޗަށް ނިކުމެ އުފާފާޅުކުރަމުން ދިޔައެވެ.
މީގެ އިތުރުން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ޚަރސަން އަކީ "އަހަރެމެންގެ ސިޓީ" އެއް ކަމަށްވެސް ވިދާޅުވެފައެވެ.
ޚާރސަން އަކީ، ފެބްރުއަރީ މަހު ޔުކްރެއިން ހިފުމަށް އެގައުމަށް އަރައިގަތުމަށްފަހު ރަޝިޔާއިން އެމީހުންގެ ބާރުގެ ދަށަށް ގެނައި ހަމައެކަނި ސަރަހައްދީ ވެރިރަށް، ނުވަތަ ރީޖަނަލް ކެޕިޓަލް ސިޓީ އެވެ.
މީގެއިތުރުން، ޔޫކްރޭންގެ ފަރާތުން ރޭ އާންމު ކުރި މައުލޫމާތުގައި ވާގޮތުން ނިޕްރޯ ކޯރުގެ ހުޅަނގު އައްސޭރީއާ ހަމައަށް ރަޝިޔާގެ ސިފައިން ވަނީ ފަހަތަށް ޖެހިފައެވެ. ރަޝިޔާއިން ޚަސަން ދޫކޮށްލައި، ބޮޑު ސަރަހައްދަކުން ސިފައިން ފަހަތަށް ޖެއްސުމަކީ ހަނގުރާމައިގެ އެންމެ ބޮޑު އެއް ނާކާމިޔާބީގެ ގޮތުގައި ދެކެވޭކަމަށް ރިޕީޓުތައް ބުނެއެވެ.
ނަމަވެސް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ތަރުޖަމާނަކު ވަނީ ސިފައިން ފަހަތަށް ޖެއްސުމުގެ ފިޔަވަޅަކީ ލަދުވެތި ބަލިވުމެއް ތަމްސީލުކުރާ ފިޔަވަޅެއް ކަމަށް ބުނާބުނުން ގަބޫލު ނުކުރާކަމަށް ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު