އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް ޓްރަމްޕް އިއުލާންކުރަށްވާފައިވަނީ ރޭ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައެވެ. ޓްރަމްޕް ވިދާޅުވީ ރިޔާސަތަށް އެނބުރި ވަޑައިގަންނަވަނީ އެމެރިކާ ކުރިއެރުވުމަށް ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން އަހަރުމެންގެ ގައުމަކީ ފާހަގަކޮށްލެވޭ ކާމިޔާބު ގައުމެއް، ވަރަށް އަވަހަށް އަނެއްކާވެސް އެހަރުފަތަށް އެނބުރި އަންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު މިހާ އަވަހަށް ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ތިމަންނަ

18-Nov-2022

މި ކަލޭގެ ސިކުޑިއަކީ ރާއްޖޭގެ ސިޔާސީ މީހުންގެވެސް ހުންނަ ސިކުޑި...



ޓްރެންޑިން