ދަނޑުވެރިންގެ ފަރާތުން ސަޕްލައި ކުރާ ބިހުގެ އަދަދު ދައްވެ އިނގިރޭސިވިލާތުން ބިސް ހުސްވެދާނެ ކަމުގެ އިންޒާރު ވިޔަފާރިވެރިން ދޭން ފަށައިފިއެވެ.
ބިހުގެ ސަޕްލައި ދައްވެފައިވަނީ ހަރަދު ބޮޑުވުމާއި ބާޑް ފްލޫގެ ސަބަބުން ދިމާވަމުންދާ ގޮންޖެހުންތަކުންކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އެގޮތުން ބައެއް ސުޕަމާކެޓްތަކުން ކަސްޓަމަރުންނަށް ބިސް ވިއްކުންވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި ހޯލްސޭލްކޮށް ބިސް ގަންނަ ފަރާތްތަކަށް ގިނަވެގެން ދެ ކޭސް ނުވަތަ ތިން ކޭސް ވިއްކާ ސުޕަމާކެޓްތައް މިހާރު މަދެއް ނޫނެވެ.
މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހު ދަނޑުވެރިން ވަނީ ހަރަދުތައް ބޮޑުވުމާއި އެވިއަން ފްލޫ ފެތުރެމުންދާތީ ޑިސެމްބަރ މަސް ނިމެންވާއިރަށް އިނގިރޭސިވިލާތުން ބިސް ހުސްވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. ޖަނަވާރުތަކުގެ ކާނާއާއި ހޫނުމިން ކޮންޓްރޯލް ކުރަން އަގު ބޮޑުވެ، ބައެއް ދަނޑުވެރިން ވަނީ ސިނާއަތް ދޫކޮށް ނުވަތަ އުފެއްދުންތައް ހުއްޓާލާފައެވެ.
ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ބިހުގެ އަގު 42.1 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ 40 އަހަރު ތެރޭގައި އިންފްލޭޝަން މިހާ މައްޗަށް ދިޔަ ފަހަރުކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު