ލެޕްޓޮޕް ޗާޖަރެއް ގޮވައިގެން އުމުރުން 14 އަހަރުގެ ކުއްޖަކު ސްރީލަންކާގައި މަރުވެއްޖެއެވެ.
މިހާދިސާގައި 14 އަހަރުގެ ދަރިވަރު މަރުވެފައިވަނީ އޭނާގެ ގޭގައި ބޭނުން ކުރަމުން ދިޔަ ލެޕްޓޮޕެއްގެ ޗާޖަރު ގޮވުމުން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އަމްބަލަންގޮޑާގެ، ކޮބެއިތޫޑުވާ ސަރަހައްދުގަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާދިޔައިރު ޗާޖަރާ ގުޅިފައިވާ ލެޕްޓޮޕް އޮތީ އެކުއްޖާގެ އުނގުމަތީގައެވެ. އޭނާއަށް ދެހޮސްޕިޓަލެއްގައި ފަރުވާދިންކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު