ހާދިސާ ހިނގާދިޔަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖުން މަންޒަރެއް.
ހާދިސާ ހިނގާދިޔަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖުން މަންޒަރެއް.
މަދަރުސާ ނިމިގެން މަގުމަތީގައި މަޑުކޮށްލައިގެންހުރި 9 އަހަރުގެ ކުޑަކުއްޖަކު އުފުއްލާލާފައި ބިންމައްޗަށް ގުޅައަކަށް ޖަހާ، ނުވަތަ ހޫރުވާލާ އަނިޔާވެރި މަންޒަރު ދައްކުވައިދޭ ވީޑިއޯއަކަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކެެރަލާގެ އަވަށެއްގައެވެ. މިހާދިސާގެ ވިޑިއޯ ވައިރަލްވެގެން ދިޔައީ އެކުޑަކުއްޖާގެ އާއިލާއަށް ކަންވީގޮތް ކިޔައިދިނުމުން އެސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބެލުމުންނެވެ.

ދައުރުވަމުންދާ މިހާދިސާގެ ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުން، މަގުމަތިން ހިނގާފައި ދާ މީހަކު، ސްކޫލް ނިމިގެން ބަލާއަންނަންދެން މަގުމަތީގައި މަޑުކޮށްލައިގެން ހުރި ކުޑަކުއްޖަކު ގައިގައި ޖަހައި، އެކުއްޖާ މައްޗަށް އުފުލައި، ބިންމައްޗަށް ހޫރުވާލާތަން ފެނެއެވެ. އަދި އެއަށްފަހު އެފިރިހެން މީހާ ކަމެއް ވީހެންވެސް ހީނުވާފަދައިން އެސަރަހައްދު ދޫކޮށްދާތަން ފެނެއެވެ.



މިހާދިސާއާއި ގުޅިގެން 31 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ޓީވީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާގައި މިހާދިސާގެ ސީސީޓީވީ ފޫޓޭޖް އާންމު ކުރުމުން، އާންމުންގެ ފަރާތުން މިހާދިސާ ތަހުގީގުކޮށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ގޮވާލާ ފުލުހުންނަށް ޕްރެޝަރ ކުރުމުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ވިޑިއޯއަށް ކޮމެންޓްކޮށްފައިވާ ގިނަ ބަޔަކު ތުހުމަތުކޮށްފައިވަނީ މިއީ އިންޑިއާގައި މިހާރު މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ލާއިންސާނީ ހަރަކާތްތަކުގެ ސަބަބުން ހިންގާފައިވާ އަނިޔާވެރި އަމަލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން